ވިޔަފާރި

ސިނާއަތްތަކުގެ ގައުމީ ޖަމިއްޔާ އިން ޓޫރިޒަމް މިނިސްޓްރާ ބައްދަލުކޮށްފި

Sep 3, 2020
2

ރާއްޖޭގެ ގިނަ އަދަދެއްގެ ސިނާއަތްތައް ބައިވެރިވާ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ބައްދަލުކޮށް، މަޝްވަރާކޮށްފި އެވެ.

އެންއެފްއެމްއީގެ ނާއިބު ރައީސް މުހައްމަދު އަލީ (ބަނީ) ވިދާޅުވީ މިއަދު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމްއާއެކު ވެބިނާ މެދުވެރިކޮށް އެ ޖަމިއްޔާ އިން ކުރިއަށް ދިޔަ ބަންދުވުން ވަރަށް ކާމިޔާބު ކަމަށެވެ.

"މައިގަނޑު ގޮތެއްގައި މިހާރު ހުރި މައްސަލަތަކާ އެ ކަންކަން ހައްލު ކުރަން ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނީ. މީގެ ތެރޭގައި ޓޫރިޒަމް ސިނާއަތް މާކެޓް ކުރުމާއި ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ވެސް ހިމެނޭ. ވަރަށް ޕޮޒިޓިވްކޮށް ބައްދަލުވުން ދިޔައީ. ވަރަށް ޕޮޒިޓިވްކޮށް މިނިސްޓަރު ހުންނެވީ،" ހައްމަދު އަލީ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު 15 ކަމެއްގެ މައްޗަށް މިނިސްޓަރާއެކު ވަނީ މަޝްވަރާ ކުރެވިފަ އެވެ. އަދި މި ބައްދަލުވުމުގައި އެ ޖަމިއްޔާއިން ކޮވިޑް-19 އާ ގުޅިގެން އިންޑަސްޓްރީތަކާއެކު ބޭއްވި ވެބިނާތަކާ ބެހޭ ގޮތުން އެ ޖަމިއްޔާ އިން ތައްޔާރު ކުރި ރިޕޯޓު ވެސް ވަނީ މިނިސްޓަރާ ހިއްސާކޮށްފަ އެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ސިނާއަތްތައް ބައިވެރިވާ، ގައުމީ ޖަމިއްޔާ ކަމަށްވާ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) ގައި ބޯޓިން އެސޯއޭޝަން އާއި ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާ އަދި ރެސްޓޯރެންޓް އެސޯސިއޭޝަން (ރޭމް) އަދި މޯލްޑިވްސް ސީފުޑް އެސޯސިއޭޝަން ބައިވެރިވާ ޖަމިއްޔާ އެކެވެ.