ހެރިޓޭޖް މިނިސްޓްރީ

ފަންނުވެރިންގެ ހައްގުތައް ރައްކާތެރި ކުރުމާއިބެހޭ ގާނޫނު ހަދަން ބަޔަކު ހޯދަނީ

ފަންނުވެރިންގެ ހައްގުތައް ރައްކާތެރި ކުރުމާއިބެހޭ ގާނޫނުގެ ޑްރާފްޓެއް ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފަންނުވެރިންގެ ހައްގުތައް ރައްކާތެރި ކުރުމާއިބެހޭ ގާނޫނުގެ ޑްރާފްޓެއް އެ ސެންޓަރުން ދޭ މައުލޫމާތާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް އެންސީއޭއިން ވަނީ އެދިފައެވެ.

އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރު މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށާއި މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 11 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.

މައުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑުގައި ބައިވެރި ނުވެވޭނެ ކަމަށްވެސް އެންސީއޭއިން ބުންޏެވެ.