ކާނާ

ސޯލްޓްގެ ބޮޑުރޭ: ލޮނުހެޔޮވާނެ، ދާންވާނެ!

ރެސްޓޯރަންޓްތަކަށް ގޮސް އާންމުކޮށް އެ މީހަކު ބޭނުންވާ ކޮންމެވެސް ޑިސްއަކަށް އޯޑަރު ދޭނީ އެވެ. މެނޫ އެއްކޮޅުން އަނެއް ކޮޅަށް ބަލައި ހޭވުމަށްފަހު ގިނަ ފަހަރަށް އޯޑަރު ދެވޭނީ ވެސް ވަރަށް އާންމު އެކަށްޗަކަށެވެ. އެހެންވަނީ މެނޫގައި ގަޔާވާ ރަނގަޅު އެއްޗެއް ނުހުންނާތީ ކަމަށް ވެދާނެ އެވެ. ނޫންނަމަ އޯޑަރު ކުރެވޭ އެއްޗަކީ މީރު އެއްޗަކަށް ނުވެދާނެތީ އަބަދުވެސް ކައި އުޅޭ އެއްޗަކަށް އޯޑަރު ދެވެނީ އެވެ. އަނެއްކޮޅު ވަރަށް ކުޅަދާނަ ޝެފެއްގެ އަތުން ތަފާތު މީރު ކެއުންތަކެއް ރާއްޖޭގެ ރެސްޓޯރަންޓަކުން ލިބުމަކީ އަދިވެސް އެހާ ބޮޑު ފުރުސަތެއް އޮތް ކަމެއް ނޫނެވެ. ބައެއް މުނާސަބުތަކާއި ގުޅިގެން ތްރީކޯސް މީލެއް ބައެއް ރެސްޓޯރަންޓުތަކުން ލިބިދާނެ އެވެ. އެއަކީ ވެސް އާންމު ކަމެއް ނޫނެވެ.

މިއޮތީ ގުޅުން ހުރި ތަފާތު ވާހަކައަކަށް ވެދާނެ އެވެ؛ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ "ސޯލްޓް ކެފޭ އެންޑް ރެސްޓޯރަންޓް" އިން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ޓްރެންޑެއް ބަދަލުކޮށްލާނެ އެވެ. އެ ރެއާއެކު ސޯލްޓް ވެސް ބަދަލުވާނެ އެވެ. މުޅިން ތަފާތު ރަހަތަކާއެކު މުޅިން އާ ސޯލްޓަކަށް ބަދަލުވެގެން ދާނެ އެވެ. އެހެންވެ އަންނަ ބުރާސްފަތި ދުވަހުގެ ރެއަކީ "ސޯލްޓް ކެފޭ" ގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ރެއަކަށް ވާނެ އެވެ.

އެ ރޭ ހާއްސަ ކޮށްފައި ވަނީ ސޯލްޓްގެ "ބޮޑު ރޭ" ގެ ކަސްޓަމަރުންނަށެވެ. ބުރާސްފަތި ދުވަހުގެ ރޭ ސޯލްޓްގެ ކަސްޓަމަރުންނަށް ލިބިގެން ދާނީ މިހާތަނަށް ރާއްޖޭގެ ކެފޭ / ރެސްޓޯރަންޓަކުން އަދި ކަސްޓަމަރުންނަށް ލިބިފައިނުވާ ފަދަ ހިދުމަތެއް އަދި ފުރުސަތެކެވެ.

އެންމެ ހާއްސަ ކަމަކަށް ވާނީ ޒުވާން ޝެފް މުހައްމަދު އާދިލްގެ "ފައިވް ކޯސް މީލް" އަކަށް އިންސާފު ކުރަން ލިބުމުގެ ފުުރުސަތެވެ. އޭގެ އިތުރުން ކަލިނަރީ ޖާނީއެއްގެ ފުރުސަތު ވެސް ލިބޭނެ އެވެ. ކެއްކުުމުގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތާއި ޑިސްތަކުގެ ތަފާތު މައުލޫމާތުތައް އެ ރޭ ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އަދި ވަގުތުން ބައެއް މީލްތައް ތައްޔާރުކޮށްލާ މަންޒަރު ވެސް ފެނިގެންދާނެ އެވެ.

"އެ ރޭގައި އަޅުގަނޑުމެން މި ސާވް ކޮށް ދެނީ ފައިވް ކޯސް މީލްއެއް، ޕްލަސް އެކްސްޕީރިއަންސް ނުކުރާ ކަހަލަ ފުރުސަތަކަށް މި ފުރުސަތު ވާނީ. އަދި ވަރަށް ތަފާތު ޑިސްތަކަކަށް ވާނީ،" އަވަސްއާ ވާހަކަ ދައްކަމުން ސޯލްޓްގެ ކޮންސަލްޓަންޓް އާދިލް ވިދާޅުވި އެވެ.

ސޯލްޓްގެ ބޮޑު ރޭ ގައި އެންމެ ހާއްސަ ވާނީ ޑެޒާޓެވެ. ނަމަވެސް އެއީ ސިއްރެކެވެ. ޔަގީނުން ވެސް އެއީ ކެއުމަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް ވަރަށް ހާއްސަ ވަގުތު ކޮޅަކަށްވާނެ އެވެ. ހަމައެކަނި އެ ފުރުސަތު ހޯދާލުމަށް ވެސް ސޯލްޓްގެ ބޮޑު ރޭގައި ބައިވެރިވުން މުހިންމު ވެއެވެ.

"ކަލިނަރީ ޖާނީއެއް މި އެކްސްޕީއަރަންސް ކުރެވޭނީ،" އާދިލް ވިދާޅުވި އެވެ.

ސޯލްޓްގެ ބޮޑު ރޭގެ ހާއްސަ ޑިނާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރިޒަވޭޝަނަށް މިހާރު ވަނީ ފުރުސަތު ހުޅުވާާލާފަ އެވެ. އެ ރޭގެ ހާއްސަ މެނޫ ވެސް ސޯލްޓްގެ ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެ އެވެ.

ބޮޑު ރޭގެ ޑިނާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެއިން ކޯސްގައި ބީފް ނުވަތަ ކުކުޅު ސެލެޓް ކުރެވޭނެ އެވެ. އަދި ފައިވް ކޯސް މީލްގެ ތެރޭގައި ސިއްހަތަށް ފައިދާ ހުރި ކާނާއާއި ދިވެހި ރަހަތަކުގެ ތަފާތު ޑިސްތައް ވެސް ހިމެނެ އެވެ.

"ހަގީގަތަށް ބުނަންޏާ އާންމުކޮށް ގެސްޓުންނަށް މިދޭ ވަރަށް އެކްސްކްލޫސިވް ޑިނާތަކަށްވުރެ ވެސް ސޯލްޓްގެ މި ޑިނާ ނައިޓް ތަފާތުވާނެ،"

ސޯލްޓްގެ މި ހާއްސަ ޑިނާ ނައިޓްގައި ބައިވެރިވާން ބޭނުންނަމަ "3336669" މި ނަމްބަރަށް ގުޅާލާށެވެ. ނޫނީ ސްލޯޓްގެ އޮފިޝަލް ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވާށެވެ. އަގަކީ މިފަދަ ހާއްސަ ފުރުސަތަކަށް ވަރަށް ވެސް އެކަށީގެންވާ އަގެެކެވެ. ކޮންމެ މީހަކަށް 580 ރުފިޔާ އެވެ.

އެ ރޭގެ އިވެންޓަށްފަހު ސޯލްޓް ކެފޭ އެންޑް ރެސްޓޯރަންޓުން މުޅިން އާ މެނޫއެއް ވެސް ތައާރަފު ކުރާނެ އެވެ. މިއީ ސޯލްޓްގެ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށްވާނެ އެވެ. މުޅިން ތަފާތު ރަހަ މީރު ޑިސްތައް އައު މެނޫގައި ހިމެނޭނެ އެވެ. އެއިން ކޮންމެ ޑިސްއެއްވެސް ތައްޔާރު ކުރާނީ އާދިލްގެ ބެލުމުގެ ދަށުންނެވެ. އާދިލް ވަނީ ސޯލްޓްގެ ސެފުންނަށް މިހާރުވެސް އެ ޓްރެއިންތައް ދީފައެވެ.

އާންމުންގެ މެދުގައި މަގުބޫލު ޝެފް އާދިލް، މި ދާއިރާގައި މަސައްކަތް ކުރާތާ 10 އަހަރު ދުވަސްވީއިރު ރާއްޖޭގައި ހިންގަމުންދާ މަޝްހޫރު އެތައް ރިސޯޓެއްގައި މަސައްކަތް ކޮށްފައި ވެއެވެ. އެއީ އިތުބާރު ލިބިފައިވާ ވަރުގަދަ ބްރޭޑެެކެވެ. 2010 ވަނަ އަހަރު ފޯ ސީޒަން ރިސޯޓުް ފެށި ދަތުރުގައި ވައްކަރު ރިސޯޓްގައިވެސް ގިނަ އަހަރުތަކަކު އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. މިވަގުތު އޭނާ މަސައްކަތް ކުރަމުންދަނީ ޔުނިވާސަލްގެ ފާރަފުށި ރިސޯޓްގަ އެވެ.