ހަބަރު

ތުރުކީގައި ދިން ހަމަލަތައް ފޮރިން މިނިސްޓަރު ދުންޔާ ކުށްވެރި ކުރައްވައިފި

ތުރުކީގެ ވެރިރަށް އަންކާރާގައި ދިން ޓެރަރިސްޓް ހަމަލާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުށްވެރި ކުރައްވައިފި އެވެ.

ތުރުކީ ދިން ހަމަލާތަކެއްގައި 95 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެެފައެވެ. މިނިސްޓަރު ދުންޔާއާ ހަވާލާ ދެއްވާ ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނަނީ ޓެރަރިސްޓް އެ ހާދިސާ ކުށްވެރި ކުރާ ކަމަށާއި ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

އަންކާރާގައި ފުރަތަމަ ހަމަލާ ދީފައި ވަނީ އިއްޔެ ހެނދުނު އެވެ. އޭގެ އިރުކޮޅެއް ފަހުން އެއްވުމެއް ބާއްވަމުން ދިޔަ ތަނެއްގައި ވެސް ވަނީ އެއްޗެއް ގޮއްވާލާފަ އެވެ. މި ހަމަލަތަކާ ގުޅިގެން ތުރުކީގައި ގައުމީ ހިތާމަފާޅު ކުރުމުގެ ތިން ދުވަސް ފާހަގަ ކުރުމަށް ބޮޑުވަޒީރު ވަނީ އިއުލާން ކުރައްވާފައެވެ.

ތުރުކީގައި ދިން ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.