ކުޅިވަރު

ހޮލެންޑް ބަލިކޮށް އިޓަލީ އެއް ވަނައަށް

ހޮލެންޑްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔަބު ހޯދައި، ޔޫއެފާ ނޭޝަން ލީގްގެ ލީގް އޭ ގެ ގުރޫޕް އެކެއްގެ އެއް ވަނަ އިޓަލީ ހޯދައިފި އެވެ.

އިޓަލީ އެއް ވަނައިގައި އޮތީ، އިޓަލީ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ހޮލެންޑާ ދެކޮޅަށް ކުޅުނު މެޗަށް، އިޓަލީގެ ކޯޗް ރޮބާޓޯ މްންޗިނީ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ހޮލެންޑު މެޗުން ފުރުސަތު ދިނީ މިދިޔަ ހުކުރު ދުވަހު ބޮސްނިއާ ހޭޒެގޮވީނާ އަތުން އެއްވަރުވި މެޗަށް ނެރުނު ޓީމުގެ ހަތަރު ކުޅުންތެރިންނަށެވެ. ޕޮލެންޑް އަތުން މޮޅުވި މެޗުގައި ކުޅުނު ހޮލެންޑްގެ ޓީމަށް އެ ޓީމުގެ ވަގުތީ ކޯޗް ޑްވައިޓް ލޯޑެވެގެސް ގެނެސްފައި ވަނީ އެންމެ ބަދަލެކެވެ. ސްޓީވަން ބާގްވިންގެ ބަދަލުގައި ފުރުސަތު ދިނީ މެންޗެސްޓާ ޔުނައިޓެޑަށް ދާދި ފަހުން ބަދަލުވި ޑޮނީ ވެންޑެބީކް އަށެވެ.

ހޮލެންޑްގެ އެމްސްޓަޑަމްގައި ކުޅުނު މެޗުގައި ހޮލެންޑަށް ވުރެ ބޮޑަށް މެޗު ޑޮމިނޭޓް ކުރީ އިޓަލީންނެވެ. ފުރަތަމަ ހާފު ނިމުގެ ކުރިން، އިޓަލީގެ ނިކޮލާ ބަރޭލަ ވަނީ ޗީރޯ އިންމޯބިލޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކޮށްފަ އެވެ.

؛ޕޮލެންޑް ވަނީ، ބޮސްނިއާ އާ ދެކޮޅަށް ކުޅުނު މެޗު 2-1 ކާމިޔާބު ކޮށްފަ އެވެ. ޕެނަލްޓީ އަކުން ހާރިސް ހައިރާޑޮނަވިޗް ލީޑް ނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޮލެންޑްގެ ކަމިލް ޔާޒެކް ލިކް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ 67 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ ކަމިލް ގްރޮޝްސްކީ އެވެ.