ކުޅިވަރު

ގުރޫޕްގެ އެއް ވަނައާއެކު އިޓަލީ ސެމީއަށް

ބޮސްނިއާ ހާޒެގޮވީނާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫއެފާ ނޭޝަން ލީގް އޭގެ ގުރޫޕް އެކެއްްގެ އެއް ވަނަ އިޓަލީން ހޯދައިފި އެވެ.

ޕޮލެންޑްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ނެދާލޭންޑްސްވެސް ވަނީ އިޓަލީއާ އެއް ޕޮއިންޓް ފަހަތުން ގުރޫޕްގެ ދެ ވަނަ ހޯދާފަ އެވެ. ބޮސްނިއާގެ ވެރިރަށް ސަރުވޭއޯގައި ކުޅުނު މެޗުގައި އިޓަލީގެ ފުރަތަމަ ލަނޑު އެންޑްރެއާ ބެލޮޓީ ކާމިޔާބު ކުރީ ލިރޮއީ އިންސީނިއާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އިޓަލީގެ ދެ ވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑޮމިނިކޯ ބެރާޑީ އެވެ.

ޕޮލެންޑާ ދެކޮޅަށް ނެދާލޭންޑްސް ކުޅުނު މެޗު، ނެދާލޭންޑްސް ކާމިޔާބު ކުރީ މެޗުގެ ފަހު 15 މިނެޓްގައި ކާމިޔާބު ކުރި ދެ ލަނޑުންނެވެ. މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި ކާމިލް ޖޮޒްވިއާކް ވަނީ ޕޮލެންޑަށް ލީޑް ނަގައިދީފަ އެވެ.

ހޮލެންޑަށް މެޗުގެ 77 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މެންފިސް ޑީޕޭ އެވެ. ހޮލެންޑް މެޗުން މޮޅު ކޮށްދިނީ 84 ވަނަ މިނެޓްގައި ޖޯޖީނިއޯ ވައިނަލްޑަމް ކާމިޔާބު ކުރި ލަނޑުންނެވެ.

ގުރޫޕް ދޭއް ގައި ބެލްޖިއަމް އާއި ޑެންމާކް ކުޅުނު މެޗު ބެލްޖިއަމް ކާމިޔާބު ކުރީ 4-2 އިން ނެވެ. ބެލްޖިއަމްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ރޮމެލޫ ލުކާކޫ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ޔޫރީ ޓީލަމަންސް އަދި ކެވިން ޑި ބްރޮއިނާ އެވެ. ޕޮލެންޑްގެ ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ބެލްޖިއަމްގެ ނާސިރް ޗަޑްލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޯންސް އޯލްޑާ ވިންޑް އެވެ.

ސެމީއިން ފުރުސަތު ގެއްލިފައިވާ އިންގްލެންޑުން ވަނީ 4-0 އިން އައިސްލެންޑް ބަލި ކޮށްފަ އެވެ. އިންގްލެންޑްގެ ދެ ލަނޑު ކާމިޔާބު ކުރީ ފިލް ފޯޑެން އެވެ. އިނގިރޭސިވިލާތަށް އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ވެސްޓް ހޭމް ޔުނައިޓެޑްގެ ޑެކްލަން ރައިސް އާއި ޗެލްސީގެ މޭސަން މައުންޓް އެވެ.