ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ރައީސް ވަހީދު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އިދިކޮޅުން ބޭއްވި ސައިކަލް ބުރާއި ގުޅިގެން ރައީސް ވަހީދު ވަނީ މީގެ ކުރިން ވެސް ފުލުހަށް ހާޒިރު ކޮށްފަ އެވެ. އެ ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައިތިބި މީހުންނާއި މުހާތަބުކޮށް ރައީސް ވަހީދު ވަނީ ވާހަކަފުޅު ދައްކަވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށް ކަަމަށާ މިއަދު ހާޒިރުކުރުމަށް ފަހު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަަށް ހާޒިރު ކުރުމަކީ ސިޔާސީ ކަމެއް ކަމަށާ މާސްކު ނާޅާ އުޅުނު އެހެން ލީޑަރުންނަށް ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.

"މީގަައި އާންމުކޮށް މިހެން މަގުމަތީ އުޅޭ މީހުންނާއި އަޅުގަނޑާއި ތަފާތުވި ސަބަބަކީ އަޅުގަނޑަކީ ސިޔާސީ މީހަކަށްވީމަ. ސިޔާސީ ބަޔަކު އެއްވެފައ ތިބި ތަނެއްގައި އަޅުގަނޑު ސިޔާސީ ވާހަކަ ދެއްކީމަ އެ މައްސަލަ ބޮޑު މައްސަލައަކަށް ވެގެން މި އުޅެނީ. އެހެން ނޫނިއްޔާ އާންމުކޮށް މަގުމަތީގައި މާސްކު ނާޅާ އުޅޭ މީހުންގެ ފޮޓޯ ނަންގަވާފައި ފޮނުއްވިޔަސް އަޅުގަނޑަށް ހިޔެއް ނުވޭ އެންމެން ގެންދަވާނެ ހެނެއް. އެހެންވީމަ ދެންނެވެން އޮތީ މިއީ ސިޔާސީ ކަމަކޭ،"

މީގަައި އާންމުކޮށް މިހެން މަގުމަތީ އުޅޭ މީހުންނާއި އަޅުގަނޑާއި ތަފާތުވި ސަބަބަކީ އަޅުގަނޑަކީ ސިޔާސީ މީހަކަށްވީމަ. ސިޔާސީ ބަޔަކު އެއްވެފައ ތިބި ތަނެއްގައި އަޅުގަނޑު ސިޔާސީ ވާހަކަ ދެއްކީމަ އެ މައްސަލަ ބޮޑު މައްސަލައަކަށް ވެގެން މި އުޅެނީ. އެހެން ނޫނިއްޔާ އާންމުކޮށް މަގުމަތީގައި މާސްކު ނާޅާ އުޅޭ މީހުންގެ ފޮޓޯ ނަންގަވާފައި ފޮނުއްވިޔަސް އަޅުގަނޑަށް ހިޔެއް ނުވޭ އެންމެން ގެންދަވާނެ ހެނެއް. އެހެންވީމަ ދެންނެވެން އޮތީ މިއީ ސިޔާސީ ކަމަކޭ
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު އެޗްޕީއޭގެ އުސޫލުތަކާއި ހިލާފުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށާ މާސްކު ތިރިކޮށް ލެއްވީ ވާހަކަ ދެއްކެވުމަށްޓަކައި ކަމަށެވެ. އެކަން އެގޮތަށް ކުރެއްވީވެސް ވާހަކަ ދައްކަވަން ހުންނެވީ ޕީޕީއެމްގެ އޮފީސްތެރޭގައި ކަމަށްވާތީ އެވެ.

ވަހީދު މިއަދުވެސް ވަނީ ބައެއް ސިޔާސީ ލީޑަރުން މާސްކު ނާޅުއްވާ އާންމު ތަންތަނުގައި އުޅުއްވަނިކޮށް ފެންނަ ފޮޓޯތައް އާންމުވެފައިވާއިރު އެ ބޭފުޅުންނާއި ދޭތެރޭ ފިޔަވަޅު ނާޅުއްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

"އަޅުގަނޑު ދެން ދަންނަވާނީ އަޅުގަނޑު އެޗްޕީއޭގެ އުސޫލުތަކާއި ހިލާފެއް ނުވަމޭ. އަޅުގަނޑު މާސްކު އަޅައިގެން ހުރީ. ދެން އަޅުގަނޑު ވާހަކަ ދެއްކި ވަގުތުގައި މާސްކު ތިިރިނުވެއެކޭ ނުދަންނަވަން. އެެހެން ނަމަވެސް އަޅުގަނޑު ހުރީ އިމާރާތުގެ ތެރޭގަައި. އަޅުގަނޑު މަގުމައްޗަކަށްވެސް ނުނިކުންނަން، އަޅުގަނޑު ޕޭމަންޓާއި ހަމައަށް ނިކުތިން، އޭރު އަޅުގަނޑު މާސްކު އަޅައިގެން ހުންނާނީ . އެހެން ބޭފުޅުންވެސް މާސްކު ނާޅުއްވާ އުޅުއްވައިގެން ސިޔާސީ ކަންކަމުގައި ބައިވެރިވެފައި ހުއްޓާ އަޅުގަނޑުމެންނަށް ފޮޓޯތައްވެސް އެބަފެނޭ މިހާރު. އެެހެން ނަމަވެސް އެ ބޭފުޅުންނާއި ދޭތެރޭ ފިޔަވަޅު ނާޅާ އަޅުގަނޑާ ދޭތެރޭ ފިޔަވަޅު އެޅުނީ އެއީ... ދެން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ އިތުރު ސަބަބެއް އޮތިއްޔާ،" ރައީސް ވަހީދު ވިދާޅުވިއެވެ.