ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކުޑަބަދަަލަކަށް މި ކޮމިކްތައް!

ދަތުރެއް ރާވަނީ އެވެ. މިއީ އާއިލީ ދަތުރެކެވެ. މިދިޔަ ހުކުރުގައި ދަތުރުގޮސް ނެގި ހުރިހާ ރީތި ފޮޓޯތަކާއި ވާހަކަތައް ސޯޝަލް މީޑިއާ އަަށް ނުލެވިގެން އުޅެނިކޮށް އެޗްޕީއޭ އިން ގުޅައިފި އެވެ. އެގޭ އަހްމަދު ކޮވިޑަށް ޕޮސިޓިވް ވެއްޖެ އެވެ. ޖެހިގެން އަައި ދުވަހު އާއިލާ އެހެން މީހަކު ވެސް ޕޮސިޓިވް ވެއްޖެ އެވެ. ޑައިރެކްޓް ކޮންޓެކްްޓަކަށްވެ އެންމެ ފަހުން ހައި ރިސްކު ކެޓަގަރީގައި ހުރި މާމަ ވެސް ޕޮޒިޓިވްވީ އެވެ. އެކަކު އައިސޮލޭޝަންގެ މުއްދަަތު ހަމަވެ ސަލާމަތްވީ އިރު މާމަ އޮތީ ހާލު ދެރަވެ އައިސީޔޫގަ އެވެ. ހުކުރުގައި މަޖާ ކޮށްލާ ސަކަރާތް ޖަހާލަން ދިޔަ ދަތުރުންް ކުރިމަތިވީ ހިތާމަ ކުރަން ޖެހިދާނެ ހާލަތެކެވެ.

ހަތަރު ފަސް ކުރެހުން ހިމަނާފައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސޯޝަލް މީޑިއާ އަށް ދޫކޮށްލި މި ކޮމިކުން އަހަރުމެންނަށް ދިނީ ނަސޭހަތެކެވެ. ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ބޭނުންވާ މިންވަރަށް މަދު ނުވެ އަދިވެސް ދަނީ އިތުރުވަމުންނެވެ. ކުރެހުންތަކާއެކު ހުށަހަޅައިދިން މި ވާހަކައިގައި ދިމާވި ދެރަ ގޮތް ކޮންމެ މީހަކަށްވެސް ދިމާވެދާނެ އެވެ. އެއީ، މިހާރު މި އާޓިކަލް ކިޔަން ހުރި މީހާ އަށް ކަމުގައިވުންް ވެސް އެކަށީގެންވެ އެެވެ.

މިއީ އެޗްޕީއޭ އިން އާއްމުން ހޭލުންތެރި ކުރަން ކުރާ މަސައްކަތުގެ ދަށުން ނެރުނު ކޮމިކް ސީރީޒް، "ކުޑަ ބަދަލަކުން" ގެ ފުރަތަމަ ބަޔެވެ. މީގެ އިތުރު ބައިތައް ވެސް އެޗްޕީއޭގެ ޓްވިޓާ އާއި އެހެން ޕްލެޓްފޯމްތަކުގައި އެބަ ހުއްޓެވެ.

އަހަރުމެންނަށް ކުރިމަތިވި މި ޕެންޑެމިކްގެ ސަބަބުން އެތައް ކަމެއް ބަދަލުވެ ގޮސްފި އެވެ. އާއްމުކޮށް ކުރަމުން އައި ކިތަންމެ ކަމަކަށް ބަދަލު ގެންނަން މަޖުބޫރު ވެއްޖެ އެވެ. ލޮކްޑައުންގައި އެތައް ދުވަހަކު ހުރުމަށްފަހު ލޮކްޑައުން އުވާލާ ލުއިތައް ދޭން ފެށުމުން މަދުން ނަމަވެސް، މިކަހަލަ އާއިލީ ހަރަކާތްތައް ދަނީ އިތުރުވަމުންނެވެ. އެކަން، ކޮވިޑުގެ ނަންބަރުތަކުންނާއި ސޯޝަލް މީޑިއާ އިން ހާމަވެ އެވެ. ކައިވެނި ޕާޓީތަކަށް ދިއުމާއި ކޮފީތަކަށް ދިއުން ކަހަލަ ކަންކަން މަދު ކުރަން ބުނި ނަމަވެސް މިފަދަ ހަރަކާތްތައް އާއްމުންގެ ތެރެއިންް އަދިވެސް ފެނެ އެވެ.

މި ސިލްސިލާގެ ދެވަނަ ކޮމިކްގައި ދަައްކަައިދެނީ، އެހީތެރިކަމުގެ ރީތި އާދަ އެވެ. ފިހާރައަށް ދަމުން ޖެހިގެން ހުންނަ ގޭ ދޮށީ އުމުރުގެ މީހަކަށް ގެއަށް ބޭނުންވާ މުހިއްމު ސާމާނު ގަނެގެން ރައްކާތެރިކަމާއެކު ގެނެސްދޭތަނެވެ. މި މެސެޖުގައިވެސް ރައްކާތެރިކަމުގެ މުހިއްމުކަން އިސްކުރަން ވަނީ ހަނދާންކޮށްދީފަ އެވެ.

އެޗްްޕީއޭގެ މި ކޮމިކް ސީރީޒް އިން އާއްމުންނަށް ބުނެދޭ މެސެޖު ވަރަށް ސާފެވެ. ކުޑަބަދަލަކުންވެސް ބޮޑެތި ނަތީޖާ ފެނިދާނެ އެވެ. އެޗްޕީއޭ އިން ބުނާހެންް، ރިސްކު ނަގަން ވޯތެއް ނޫނެވެ.