ހަބަރު

އޮންލައިންކޮށް ކިޔަވައިދޭން އަހުލުވެރި ކުރަނީ

Sep 9, 2020
1

ކޮމަންވެލްތު އެޑިއުކޭޝަނަލް މީޑިއާ ސެންޓާ ފޯ އޭޝިއާ (ކެމްކާ) އާއި އެންއައިއީ އާ ގުޅިގެން އޮންލައިންކޮށް ކިޔަވައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

އެޑިއުކޭޝަނުން ބުނީ މި ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ދެ ގަޑި އިރަށް ކަމަށެވެ.

ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދާ މި ސެޝަންތައް ނަންގަވައި ދެއްވަނީ ކެމްކާއިން ހަމަޖެއްސި ފެސިލިޓޭޓަރުންނެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް އޮންލައިންކޮށް ކިޔަވައިދިނުން ރާވާނެ ގޮތާއި ގޫގުލް ކްލާސްރޫމާއި ގޫގުލް ޓޫލްތަކާއި އޮންލައިންކޮށް ކިޔަވައި ދިނުމުގައި ކުދިން އެސެސްކުރާނެ ގޮތާއި މުހިންމު ބައެއް އޮންލައިން ޓޫލްތައް ކިޔައިދެވޭނެ އެވެ.