ދުނިޔެ

ބޮމުގެ ހަމަލާއަކުން އަފްޣާން ނާއިބު ރައީސް ސަލާމަތްވެވަޑައިގެންފި

އަފްޣާނިސްތާންގައި މިއަދު ހެނދުނު ދިން ނުރައްކާތެރި ބޮމުގެ ހަމަލައަކުން އެ ގައުމުގެ ފަސްޓް ވައިސް ޕްރެޒިޑެންޓް އަމްރުﷲ ސޯލިހު ސލާމަތްވެ ވަޑައިގެންފި އެވެ.

ނާއިބު ރައީސްގެ ތަރުޖަމާން ވިދާޅުވީ ނުރައްކާތެރި އެ ހަމަލައިގައި އެމަނިކުފާނަށް އެއްވެސް އަނިޔާއެއް އަދި ގެއްލުމެއް ވެސް ނުވެ ސަލާމަތްވެ ވަޑައިގެންފައިވާ ކަމަށެވެ.

އެކަމަކު އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާން ތާރިގު އާރިއަން ވިދާޅުވީ އެ ހަމަލާގައި ފުރަތަމަ ވެސް މަދުވެގެން ދެ މީހުން މަރުވެފައިވާ ކަމަށެވެ. އެކަމަކު އޭ ގެފަހުން މަރުވި މީހުން ގެ އަދަދު ވަނީ ދިހަޔަކަށް އަރާފަ އެވެ. އަދި ޒަހަމްވި މީހުން ގެ އަދަދު ވެސް ވަނީ 15 އަށް އަރާފަ އެވެ

ފޭސްބުކަށް ޕޯސްޓު ކުރެއްވި ވީޑީއޯއެއްގައި ނާއިބު ރައީސް ސޯލިހު ވިދާޅުވި ހަމަލާ ދިން އިރު ދަތުރުފުޅު ކުރައްވަމުން ގެންދެވީ އެ މަނިކުފާނުގެ ބޮޑީގާޑުންނާއެކު އޮފީހަށް ކަމަށެވެ. އެ ކާރުގައި ދަރިކަލުން ވެސް އިންނެވި ކަމަށެވެ. ބޮޑު އަނިޔާއެއް ލިބިވަޑައި ނުގަތް ނަމަވެސް މޫނުފުޅާއި އަތުގެ ބައެއް ކޮންމެ ވެސް ވަރަކަށް ފިހިފައިވާ ކަމަށެވެ.

މި ހަަަމަލަ އާއި ތާލިބާނުންާއި އެއްވެސް ގުޅުމެއް ނުވާ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ ތާލިބާނުން މީގެ ކުރިން ވަނީ އެއްވެސް ސަރަހައްދެއް ގައި ހަމަލައެއް ނުދޭން އެމެރިކާއާއެކު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.

މީގެ ކުރިން ވެސް ސޯލިހު އަވަހާރަ ކޮށްލަން ވަނީ އެތައް ފަހަރަކު ހަމަލާ ދީފަ އެވެ. މިދިޔަ ރިއާސީ އިންތިހާބުގެ ކުރިން އެމަނިކުފާނު އަވަހާރަ ކޮށްލަން އެމަނިކުފާނުގެ އޮފީހަށް ދިން ހަމަލައިގައި ވެސް ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެެ. ނާއިބު ރައީސް އަމްރުﷲ ސޯލިހަކީ ކުރީގައި ޖާސޫސީ އިދާރާގެ ވެރިޔާ އެވެ. އެމަނިކުފާނަކީ ތާލިބާނުންނާއި ދެކޮޅަށް ވަަރަށް ގިނައިން ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާ ބޭފުޅެކެެވެ.