ދުނިޔެ

ޗައިނާއާއެކު ކުރިޔަށް ނުދާން އާސިއާންއަށް ޕޮމްޕިއޯ ގޮވާލައިފި

ސަައުތު އީސްޓް އޭޝިއާގެ ގައުމުތަކުން ޗައިނާގެ ކުންފުނިތަކާއެކު ބާއްވާ ވިޔަފާރީގެ ގުޅުން ކަނޑާލަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ގޮވާލައްވައިފި އެވެ.

ޕޮމްޕިއޯ މިގޮތަށް ގޮވާލެއްވީ ދެކުނު ޗައިނާ ކަނޑުގައި ރަށްތަކެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ޗައިނާއިން ފަށައި ކުރިޔަށް ގެންދާތީ އޮތް ހިތްހަމަ ނުޖެހުމާއި ޗައިނާގެ އިގްތިސޯދު ކުރިއަރައިގެންދާތީ އޮތް ނުތަނަސްކަމުގެ ތެރެއިންނެވެ. މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާއިން ވަނީ ޗައިނާއަށް ޖެއްސުން ކުރުމުގެ ނިޔަތުގައި މައްސަލަ ޖެހިފައިވާ އެ ސަރަހައްދުގައި މަސައްކަތްކުރާ ޗައިނާގެ އެތައް ކުންފުންޏެއް ބްލެކް ލިސްޓް ކޮށްފަ އެވެ.

ޕޮންޕިއޯގެ ވާހަކަތާއް އައީ މިދިޔަ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ހިމެނޭ 10 ގައުމުގެ ޕޮރިން މިނިސްޓަރުންނާއެކު ބޭއްވެވި އޮންލައިން ސަމިޓެއްގެ ޕޮމްޕިއޯ ވިދާޅުވީ އާސިއާންގައި ހިމެނޭ ގައުމުތަކުގެ ކުންފުނިތަކުގެ ތެރެއިން ޗަައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ކުންފުނިތަކުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އެ ގައުމުތަކުގެގެ މައްޗަށް ގަދަވަގެން ތިބިޔަ ނުދިނުމަށާއި ޗައިނާ ހިނގާ މަގުން ނުހިންގަން ވެސް ޕޮމްޕިއޯ ގޮވާލެއްވި އެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު ޖެހިފައިވާ ގިނަ މައްސަލަތަކެއްގެ ސަބަބުން އާސިއާން ސަމިޓަށް ވެސް ވަނީ ހިޔަނި އެޅިފަ އެވެ. އަދި އޭގެ ތެރެއަށް ވިޔަފާރީގެ މައްސަލަތަކާއި ކޮރޯނާ ވައިރަހުގެ ބަލާއާފާތާއި ގުޅޭ މައްސަލަތައް ވަދެފައި ވެއެވެ.

ސަމިޓްގެ އިތުރުން މިދިޔަ މަހު ޗައިނާ ސަރުކާރުގެ 24 ކުންފުންޏަކާއި ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި ހެދި ވެސް ދެ ގަައުމުގެ މަސްރަހު އޮތީ ހޫނުވެފަ އެވެ. އަނެއްކޮޅުން ޕޮމްޕިއޯގެ ވާހަކަތަކާ ހެދި އިތުރަށް މަސްރަހު ހޫނު ވެގެންދާނެ އެވެ.

އެމެރިކާއިން ފިޔަވަޅުތަކެއް އެޅީ ގުދުރަތީ މުއްސަދިކަން ލިބިފައިވާ ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ބާރު ގަދަކުރާތީ އެވެ. އެކަމަކު ޗައިނާގެ ފޮރިން މިނިސްޓާ ވިދާޅުވީ ދެ ގައުމުގެ މެދުގައިވާ މައްސަލަތަކު އަސްލަކީ އެމެރިކާ ކަމަށެވެ.

އެމެރިކާ އާއި ޗައިނާ ހޫނުވެފައިވާ ދަނޑިވަޅުގައި އާސިއާން ގެ ގައުމުތަކުގެ ސަމިޓްގައި ޗެއާ ކުރާ ވިއެޓްނާމުން ބުނެފައި ވަނީ އެމެރިކާ އާއި ޗައިނާއިން ވެސް ޗައިނާ ކަނޑުގައި މިލިޓަރީ ބާރު ގަދަކުރާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ.

މިއާ ހިލާފަށް ފިލިޕީންސްއިން ބުނެފައި ވަނީ އެމެރިކާގެ ފިއްތުންތަކަށް ބޯ ނުލަނބާނެ ކަމަށެވެ. ފިލިޕީންސް އާއި ޗައިނާއާ ދެމެދު ގުދުރަތީގޮތުން މަސްވެރިކަމުގެ މުއްސަނދިކަން ލިބިފައިވާ ސްކާބަރޯ ޝޯލްގެ މައްސަލައިގައި ހިޔާލުތަފާތު ވިއަސް ޗައިނާއާއެކު ވިޔަފާރީގެ ގުޅުން ބާއްވާނެ ކަމަށް ފިލިޕީންސް އިން ވަނީ ބުނެފަ އެވެ ސަބަބެއްކަމުގައި ފިލޕީންސުން ބުނަނީ އެ ގައުމަށް ޗައިނާގެ އިންވެސްޓްމެންޓަކުގެ ބޭނުން ބޮޑު ކަމެވެ.