މުހައްމަދު ސައީދު

ޕާކިސްތާނުގެ ސީޖީއެސްއެސް ބޯޑަށް ސައީދު

ޕާކިސްތާނުގެ ސެންޓަރު ފޯ ގްލޯބަލް އެންޑް ސްޓެރެޓަޖިކް ސްޓަޑީސް (ސީޖީއެސްއެސް) ގެ ބޯޑް އޮފް އެކްސްޕާޓްގެ މެންބަރަކަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަަޖައްސައިފި އެވެ.

ޕާކިސްތާނު ސަރުކާރުގެ ތިންކް ޓޭންކެއް ކަމަށްވާ "ޕާކިސްތާނުގެ ސެންޓަރު ފޯ ގްލޯބަލް އެންޑް ސްޓެރެޓަޖިކް ސްޓަޑީޒް" ގެ ބޯޑް އޮފް އެކްސްޕާޓްގެ މެންބަރުންގެ ގޮތުގައި ތިއްބަ ވަނީ އަސްކަރީ ރިޓަޔާޑް ޖެނެރަލުންނާއި ސައިންސްވެރިންނާއި އިކޮނޮމިސްޓުންގެ އިތުރުން ތަފާތު ދާއިރާތަކުން ފާހަގަ ކޮށްލެވޭ ވަރަށް ހާއްސަ އަދި އިލްުމުވެެރިންގެ ބޭފުޅުންނެވެ.

ޗައިނާއާއި ވަރަށް ހާއްސަ ގުޅުމެއް އޮތް ޕާކިސްތާނުގެ މި ތިންކް ޓޭންކް، ސީޖީއެސްއެސްގެ މައިގަނޑު ދިރާސާތައް ބިނާވެފައި ވަނީ ސަރަހައްދީ އެކިއެކި ކަންކަމަށާއި ގައުމުތަކުގެ ތަރައްގީ އާއި ސަލާމަތާއި ރައްކާތެރި ކަމާއި ދުނިޔޭގެ ސަލާމަތާއި ތިމާވެށި އަދި މޫސުމީ ތަފާތު ކަންކަމާއި ފުޑް ސެކިއުރިޓީގެ އިތުުރުން އިންސާފާއި ކައުންޓާ ޓެރަރިޒަމް ފަދަ ކަންކަމުގެ މައްޗަށެވެ.

ސީޖީއެސްއެސް ގެ ބޯޑް އޮފް އެކްސްޕާޓްގެ މެންބަރަކަށް ކުރީގެ މިނިސްޓަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ހަމަޖައްސަވާ އެކަން އަންގާފައިވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. ސީޖީއެސްއެސްއަކީ ޕާކިސްތާނުގެ ވަރަށް އިސް ބޭފުޅުންގެ ބައިވެރިވުން އޮތް ތިންކް ޓޭކެކެވެ.

މި ކަމާ ގުޅިގެން މުހައްމަދު ސައީދުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.