ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޮކްސްފޯޑުން ވެކްސިންގެ މަސައްކަތް އަލުން ފަށަނީ

އޮކްސްފޯޑް ޔުނިވާސީޓީ އާއި އަސްޓްރާޒެނިކާ ގުޅިގެން އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކޮވިޑް-19 އިގެ ވެކްސިން ގެ ޓްރަޔަލް ކުޑަ ދުވަސްކޮޅަކަށް މެދުކެނޑުމަށް ފަހު އަލުން ފަށަން ނިންމައިފި އެވެ. ވެކްސިންގެ މަސައްކަތް ހުއްޓާލީ ޓްރައިލްގައި ވެކްސިން ދިން ބަލި މީހަކަށް ދިމާވި ސައިޑް އިފެކްޓެއްގެ ސަބަބުންނެވެ.

މިދިޔަ އަންގާރަ ދުވަހު އެސްޓްރާޒެނިކާ އިން ބުނެފައި ވަނީ ވެކްސިން ގެ މަސައްކަތް މެދުކަނޑާލަން ޖެހުނީ ބަލި މީހަކަށް ސައިޑް އިފެކްޓެއް ދިމާވީ ވެކްސިންގެ ސަބަބުންތޯ ތަހުގީގު ކުރަން ކަމަށެވެ. އެކަމަކު ހޮނިހިރު ދުވަހު ޔުނިވާސިޓީން ބުނީ އެތަނުން އުފައްދާ ވެކްސިނަކީ ސަލާމަތީ އެއްޗެއްކަން ވަނީ ޔަގީން ކުރެވިފައި ކަމަށެވެ.

އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ ވަނީ މި ހަބަރާއި ގުޅިގެން މަރުހަބާ ދަންނަވާފަ އެވެ. އޭނާ އިތުރަށް ވިދާޅުވީ ޔުނިވާސިޓީގެ މަސައްކަތްތައް މަޑުޖެހުނީ ސަލާމަތީ ކަންތައްތަކަށް އެންމެ އިސްކަމެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި ސަރުކާރުން އެ ގައުމުގެ ސައިންސްވެރިންނަށް ފުރިހަމަ ވެކްސިން އެއް އުފެއްދުމަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އޮކްސްފޯޑުް ޔުނިވާސިޓީން ބުނެފައި ވަނީ ތަހުލީލުގައި ބޭނުންކުރި ބައެއް ބަލި މީހުންނަށް މައްސަލަތަކެއް ދިމާވެދާނެ ކަމަށް ކުރިން ވެސް ބެލެވިފައިވާ ކަމަށެވެ. މިކަލަ ބޮޑެތި ޓްރަޔަލް ތަކުގައި އެފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި އިތުރަށް ބުނެފައި ވަނީ ވެކްސިން އުފެއްދުމުގެ މަސައްކަތް އަލުން ފެއްޓީ މިނިވަން އިދާރާ ތަކުގެ އިތުރައް ސަރުކާރުގެ ރެގިއުލޭޓަރުން ގެ ވެސް އިރުޝާދު ގެ ދަށުން ކަމަށެވެ.

އޮކްސްފޯޑުން ކުރިން ވެކްސިން ދީގެން ސައިޑް އިފެކްޓެއް ދިމާވި ބަލި މީހާ ގެ މައުލާތެއް ސިއްރު ހިފެހެއްޓުމުގެ ގޮތުން ހާމައެއް ނުކުރެ އެވެެ. އެކަމަކު ނިއުޔޯކް ޓައިމްސް އިން ބުނިގޮތުގައި ވޮލަންޓިއަރު ވަނީ ޓްރާންސްވާސް މިޔެލެތިސް ކިޔާ ބައްޔަކަށް ޕޮޒިޓިވްވެފަ އެވެ. މިބައްޔަކީ ސްޕައިނަލް ކޯޑް ދުޅަވާ ބައްޔެކެވެ.

މި ވެކްސިނަކީ ކޮވިޑް-19 އަށް އެންމެ އަވަހަށް ލިބޭނެ އެއް ވެކްސިނަށް ވާނެ ކަމަށް ވަރަށް ބޮޑު އުންމީދެއް ކުރެވުނު ވެކްސިނެކެވެ. މިވެކްސިންގެ ފުރަތަމަ މަރުހަލާ އާއި ދެވަނަ މަރުހަލާވަނީ ކާމިޔާބު ވެފަ އެވެ. ފޭސް ތިނެއްގެ މަރުހަލާ ވަރަށް އަވަހަށް ފަށާނެ އެވެ. މި މަރުހަލާގައި އެމެރިކާ އާއި އިނގިރޭސި ވިލާތާއި ބްރެޒިލާއި އަދި ސައުތް އެފްރިކާއިން 30000 މީހުން ޓްރައިލްގައި ބޭނުން ކުރާނެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ގާތްގަނޑަކަށް ސަތޭކަ އައްޑިހަ ވެކްސިނެއް ދަނީ އުފައްދަން މަސައްކަތް ކުރަމުންނެވެ. އެކަމަކު އެއްވެސް ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލް އަދި ފުރިހަމަ ނުވާކަމަށް ވެސް ބުނެފައި ވެއެވެ.