ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިނގިރޭސި ޑެޕިއުޓީ އެންބެސަޑަރަކު ކޮރޯނާގެ ޝިކާރައަކަށް

Mar 26, 2020

އިނގިރޭސިވިލާތުން ހަންގޭރީއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ސަފީރުގެ ޑެޕިއުޓީ، ސްޓީވެން ޑީކް ކޮރޯނާ ބަލީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރައްވައިފިކަން އިނގިރޭސި ހާރިޖިއްޔާއިން ކަށަވަރު ކޮށްދީފި އެވެ.

އުމުރުފުޅުން 37 އަހަރުގެ ސްޓީވް ޑީކް އަވަހާރަވީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ސްޓީވަންގެ އާއިލާއިން ބުނި ގޮތުގައި ސްޓިވަންއަކީ ވަރަށް އޯގާތެރި އަދި ދީލަތި ހިތެއްގެ ވެރިއެކެވެ. އަދި ގެއްލިގެން އެ ދިޔައީ އެންމެން ވެސް ވަރަށް ލޯބިވާ ދަރިއެކެވެ.

"އޭނާގެ އަބަދުވެސް ދެކޭ ހުވަފެނެއް އެއީ ހާރިޖިއްޔާގައި މަސައްކަތް ކުރުމަކީ. އަދި ބޭރު ދުނިޔޭގައި އިނގިރޭސި ވިލާތް ތަމްސީލް ކުރުމަކީ އެނާ އެންމެ ގަޔާވާ އަދި އެންމެ އުފާވާ މަސައްކަތް. ސްޓީވެން ގެއްލިގެން ދިޔުމަކީ އަހަރަމެންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް އަދި ވަރަށް ބޮޑު ދެރައެއް،" ސްޓީވްގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނުގައި ވެއެވެ.

ސްޓީވެން އަވަހާރަވި ހަބަރާ ގުޅިގެން އިނގިރޭސި ހާރިޖީ ވަޒީރު ޑޮމެނިކް ރާބް ވިދާޅުވީ އެ ހަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކުގައި ކަމަށެވެ.

ހަންގޭރީއަށް ކަނޑައާޅުއްވާފައު ހުންނަވާ އިނގިރޭސި އެންބަސެޑަރު ލެޔަން ލިންޑްސޭ ވިދާޅުވި ގޮތުގައި ސްޓީވެންއަކީ ހާރިޖިއްޔާގަ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އަދި އިނގިރޭސި ދައުލަތް ތަމްސީލް ކުރެއްވުމުގައި މުހިއްމު ދައުރެއް އަދަކުރެއްވި ހުނަރުވެރި މޮޅު ޑިޕްލޮމެޓެކެވެ.

ލިންޑްސޭ އިތުރަށް ވިދާޅުވި ގޮތުގައި ސްޓީވެން ދަންނަ ކޮންމެ މީހަކާއި އެބޭފުޅާއާއެކު މަސައްކަތް ކުރެއްވި ކޮންމެ މީހަކަށްވެސް ސްޓީވެން ވަކިވެގެން ދިއުމުން ކުރާނެ އިހްސާސް އެ މަނިކުފާނަށް ވެސް އިހުސާސް ކުރެއްވެ އެވެ.