ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑުގައި އިތުރު މީހަކު މަރުވެއްޖެ

Sep 13, 2020

ކޮވިޑް ބަލީގައި އިތުރު ދިވެއްސަކު ރާއްޖެއިން މަރުވެއްޖެ އެވެ.

ރޭ މެންދަމު 3:55 ގައި މަރުވެފައި ވަނީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދިޔަ މީހެކެވެ.

އެޗްއޯސީން ބުނީ މަރުވީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މަރުވި އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ވަޅުލާފަ އެވެ. މި މީހާއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 32 އަށް އަރާފަ އެވެ.

މި މީހާގެ މަރާއެކު މިއީ މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮވިޑް ބަލީގެ ޝިކާއަރަކަށްވި ހަތަރު ވަނަ މީހާ އެވެ. މިދިޔަ އޯގަސްޓް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ މިހާރު 9،000 ހުރަސްކޮށްފަ އެވެ. ނަމަވެސް، ބައްޔާ ދެކޮޅަށް ބައެއް ފިޔަވަޅުތައް ފަހުން ހަރުކަށި ކޮށްފައިވާއިރު، ފާއިތުވި ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ބަލި ޖެހޭ މިންވަރު ވަނީ ދަށަށް ދާން ފަށައިފަ އެވެ.