ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އުކުޅަހު ކަރަންޓީނުގައި ހުރި މީހަކު މަރުވެއްޖެ

އއ. އުކުޅަހުގައި ހޯމް ކަރަންޓިނުގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

އުކުޅަހު ކައުންސިލް ނައިބް ރައީސް އަބްދުﷲ ފިރާގް، އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު ފުރަބަންދު ކަރަންޓީނުގައި ހުރި އުމުރުން 66 އަހަރުގެ އަންހެނަކު ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

ފިރާގް ވިދާޅުވީ އެމީހާ މަރުވީ ކަރަންޓީނުވިތާ ދެ ވަނަ އަށް ވީ ދުވަހު ކަމަށާއި މާލެއިން ރަށަށް އަންނަންވެސް ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެން ކަމުން އަންހެން މީހާ މަރުވީ ކޮވިޑް ބަލީގެ އެއްވެސް ކަމެއްގައި ކަމަށް ނުބެލެވޭ ކަމަށެވެ.

މމަރިވި އަންހެން މީހާ އަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށާއި ރޭ ހެލްތު ސެންޓަރަށް ގެނެވުނު އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނާ ބުންޏެވެ.

"އަންހެން މީހާ އަކީ ހިތުގެ ބޮޑު ބައްޔެއްވެސް ހުންނަ މީހެއް. އަދި ނޭވާލާން އުދަނގޫވެ މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން އޮކްސިޖަން ގުޅާފަ އެޑްމިޓްކޮށްގެން ފަރުވާވެސް ދޭނެ. ރޭގެ މަރުކަޒަށް ގެނެވުނީވެސް ނޭވާލުމުގެ އުދަނގޫތަކެއްވެގެން ކަމަށް އަޅުގަނޑަށްވެސް މައުލޫމާތު ލިބުނީ. އެކަމަކު މަރުކަޒަށް ގެނައި އިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނީ. ދެން އޮންނަ އުސޫލުގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގާފަ މިހާރު ކަށުކަމާކެމީގެ ކަންކަން ނިމިއްޖެ." އޭނާވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ އެމީހާގެ ފަރާތުން މިހާތަނަށް ކޮވިޑުގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް ކަށުކަމާކެމީގެ ކަންކަމުގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

ރާއްޖެއިން ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 9،000 އަށްވުރެ މައްޗަށް އަރާފައިވާއިރު މިއަދު ހެނދުނުވެސް މި ބަލީގައި ވަނީ މީހަކު މަރުވެފަ އެވެ. މިއާއެކު މަރުވި މީހުންގެ އަދަދު ވަނީ 32 އަށް އަރާފަ އެެވެ.