ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީއެމްއެލް އިން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

Sep 13, 2020
2

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ވެފައިވާ ގެއްލުން ތަކުން ވިޔަފާރިތައް އަރައިގަތުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ ލޯނު ދޫކޮށްފި އެވެ.

"މިދިޔަ އޮގަސްޓްގެ ނިޔަލަށް ޝޯޓް ޓާމް ފައިނޭންސްގެ ގޮތުގައި 4.57 މިލިއަން ޑޮލަރާއި 125.29 މިލިއަން ރުފިޔާ ބޭންކުން ވަނީ ދޫކޮށްފަ. މީގެއިތުރުން، ވިޔަފާރި ތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ ވެސް ވަނީ ދޫކޮށްފަ،" ސޯޔާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ބަލިމަޑުކަން ކައިރި މުސްތަގްބަލުގައި ނިމިދާނެކަމަށް ނުބެލެވޭތީ، ބޭންކުގެ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި ހިދުމަތް ނުކެނޑި ގެންދެވޭނެ ގޮތް ތަކެއް ބަލަމުންދާ ކަމަށެވެ. އަދި ކޮންމެ ފަދަ ހާލަތެއްގައި ވެސް ބީއެމްއެލް އޮންނާނީ ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށް ސޯޔާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް އާއި ގުޅިގެން ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގެ ދަށުން 10 މިލިއަން ރުފިޔާގެ ޓާން އޯވާގެ ރިސޯޓް އަދި ގެސްޓްހައުސް ވިޔަފާރި ތަކަށް އެހީވުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ކުރިއަށް ގެންދާ ރިކަވަރީ ސްކީމް ފަންޑް ހިންގުމުގައި އެ ބޭންކުން އެހީތެރިވަމުންދާ ކަމަށެވެ.

ބީއެމްއެލް އިން ވަނީ މިދިޔަ މަހުގެ ނިޔަލަށް 397 ލޯނަކަށް 769 މިލިއަން ރުފިޔާގެ ލޯނު ވަނީ އެޕްރޯވް ކޮށްފަ އެވެ.
މިއާއެކު މި ކޮވިޑްގެ މުއްދަތުގައި ބީއެމްއެލް އިން މިވަނީ 1.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ،