ދުނިޔެ

އެމެރިކާ ބޯޑަރު ކައިރިން 8800 ކުދިން ފައްސާލައިފިި

އެމެރިކާ އާއި މެކްސިކޯގެ ބޯޑާ ކައިރިން ބެލެނިވެރިއަކު ނެތް 8800 ކުދިން އެމެރިކާއިން ބޭރު ކޮށްލައިފި އެވެ. މި ފިޔަވަޅު އެޅީ ކޮވިޑްގެ ބަލާ އާފާތުގެ ސަބަބުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ހިމާޔަތަށް އެދުމުގެ ފުރުސަތު މިހާރު ބަންދު ވެފައިވާ ކަމަށް ބުނެ އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މިދިޔަ މާޗް މަހު ނެރުނު އިމަޖެންސީ އަމުރެއްގެ ސަބަބުން ރައީސް ޓްރަންޕުގެ ސަރުކާރުުން ވަނީ ހިމާޔަތް ނުދީ 159000 މީހުން އެ ގައުމުން ބޭރުކޮށްފަ އެވެ. މީގެތެރޭގައި 7600 ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް އާއިލާތައް ވެސް ހިމެނެ އެވެ
.
މި އަދަދު ފުރަތަމަ ފަހަރަށް ހާމަކޮށްފައި ވަނީ ބޯޑާ ޕެޓްރޯލްގެ ޑިޕިއުޓީ ޗީފް ރައުލް އޯޓިޒެވެ. މިދިޔަ ހުކުރު ދުވަހު ރައުލް ވިދާޅުވި ގޮތުގައި މި އަދަދުތަށް ހާމަކުރަން މަޖުބޫރުވީ ހޮޓާތަކުގައި ކުޑަކުދިން ބޭތިއްބުމުން ހުއްޓުވަމަށް އެޕީލް ކުރާށެވެ. ބޯޑާ ޕެޓްރޯލް އިން ވަނީ އާއިލާތަކާއިއެކު އައި ގިނަ ކުޑަކުދިން މެކްސިކޯއަށް އަނބުރާ ފޮނުވާލާފަ އެވެ. އެހެން ނަމަވެސް އާއިލާތަކާއެކު އައި 600 މީހުން ވަނީ ފްލައިޓް ހަމަޖެހެން ދެން އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދީފަ އެވެ.

ލޮސް އެންޖެލްސް ގައި ޑިސްޓްރިކް ޖަޖެއް ކަމުގައިވާ ޑޮލީ ގީ ވިދާޅުވީ ދިގު މުއްދަތަކަށް ބަންދު ކޮށްފައި ބަތިއްބަން ޖެހޭ ކުދިން ހޮޓާތަކުގައި ބޭތިއްބުމަކީ 20 އަހަރުވެފައިވާ ރައްވެހިވުމުގެ ގާނޫނާއި ހިލާފު އަމަލެއް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ބޯޑާ އެޖެންސީތަކުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހޮޓާތަކަށް ކުޑަކުދިން ގެންދިއުން ހުއްޓާލަން ޖެހޭ ކަމަށެވެ.

މި ހޮޓާތަކުގައި ކުޑަ ކުދިން ތިބޭއިރު އެ ކުދިންނަށް ސަރުކާރުން ފުރިހަމަ ސިއްހީ ފަރުވާ އާއި ކުޅިވަރު ކުޅެވޭނެ ގޮތާއި އަދި ކޮވިޑް-19 އަިން ރައްކާތެރިވުމުގެ ފިޔަވަޅު ވެސް އަޅައެވެ.