ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސައުދީ އަަރަބިއްޔާ

ސައުދީ ބޯޑަރުތައް ހުޅުވާލަނީ

Sep 14, 2020

ކޮވިޑާ ގުޅިގެން ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށް ފަހު އަންނަ ޖެނުއަރީ މަހުން ފެށިގެން ރަސްމީކޮށް ހުޅުވާލާނެކަން އެ ގައުމުން ބުނެފި އެވެ. އެ ގައުމުގެ ބޯޑަރު ބަންދު ކުރިތާ މިހާރު ހަމަސް ދުވަސް ވެފައި ވެއެވެ.

ސައުދީ ސަރުކާރާ ހަވާލާދީ އަލްއަރަބިއްޔާއިން ބުނެފައިވާ ގޮތުގައި ބޯޑަރުތައް އަންނަ ޖަނަވަރީން ފެށިގެން ހުޅުވާލަން ނިންމި ނަމަވެސް ބައެއް ފަރާތްތަކަށް މި ހަފުތާއިން ފެށިގެން ވެސް އެތެރެ ވެވޭނެ އެވެ.

އެއީ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކުގެ މީހުންނާއި ހާއްސަ ވިސާތައް އޮންނަ މީހުނެވެ. އޭގެ ތެރޭގައި ރީ އެންޓްރީ ވިސާ އޮންނަ މީހުންނާއި ވޯކް ވިސާ އޮންނަ މީހުންނާއި ރެސިޑެންޓް ޕާމިޓް ވިސާ އޮންނަ މީހުން ހިމެނެ އެވެ. އެފަދަ ފަރާތްތައް ވެސް ސައުދީއަށް އެތެރެވުމުގެ 48 ގަޑިއިރުގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވްވެފައިވާ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ އެވެ.

ކޮވިޑާއެކު ސައުދީން ބޯޑަރުތައް ބަންދުކޮށް ހައްޖާއި އުމްރާ މެދު ކަނޑާލި އެވެ. މި އަހަރު ހައްޖުގެ ވުމުގެ ފުރުސަތު ދީފައި ވަނީ އެ ގައުމުގައި ތިބި އެކި ގައުމުތަކުގެ މީހުން ހިމެނޭ ގޮތަށް 10،000 މީހުނަށެވެ.