ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ޝަރީއަތް ޝެޑިއުލަށްލައިފި

Sep 14, 2020
1

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާއެއް އެ ކޯޓުން ބޭރު ކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ބާއްވަން ޝެޑިއުލަށްލައިފި އެވެ.

ޝަރީއަތުގެ އެ އަޑުއެހުން އޮންނާނީ މެންދުރު ފަހު 2:00 ޖަހާއިރު އެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި އޮއްވާ ބޭރުކޮށްލީ ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުން އެ ދައުވާތައް ބޭރުކޮށްލާފައި ވަނީ މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ފަހުން އެކަމާ ހިތްހަމަ. ނުޖެހޭތީ ދައުލަތުން ވަނީ އެ މައްސަލަ މަތީކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހަތް ދައުވާ ބޭރުކޮށްލީ ގާޒީ އިސްމާއީލް ރަޝީދެވެ. އެ ނިންމުން އައުނާއެކު އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި އޭނާ ސަސްޕެންޑްކޮށްފަ އެވެ.

މި މައްސަލަ ހައިކޯޓުގައި ކުރިޔަށް ގެންދަން ނިންމައި އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 27 ގައެވެ. އެ ދުވަހު އަދީބަށް ވަނީ ވަކީލަކު އައްޔަން ކުރަން 10 ދުވަސް ދީފަ އެވެ.