ގެވެށި އަނިޔާ

ގެވެށި އަނިޔާ ލިިބޭ މީހުންނަށް ވަގުތީ ހިޔާތަކެއް

ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުން އެމީހުން އަނބުރާ ދިރިއުޅުމަށް ގެނައުމަށް އެހީވެދޭން އެ މީހުން ބައިތިއްބަންޖެހޭ ރައްކާތެރިކަމުގެ ވަގުތީ މަރުކަޒުތައް ކަނޑައަޅައި އެތަންތަނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑާ މިނިސްްޓްރީން ފަަށައިފި އެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން އަނބުރާ ދިރިއުޅުމުގެ ތެރެއަށް ގެނައުމަށް އެހީވުމަށް ބައިތިއްބަން ޖެހޭ ރައްކާތެރިކަމުގެ ވަގުތީ މަރުކަޒުތައް ބިނާ ކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓާ ކުރުން ހިމަނާފައި ވެއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއް މިނިސްޓްރީން މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ. އެ ފަސް މަރުކަޒު ގާއިމް ކޮށްފައި ވަނީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ތ. ވޭމަންޑޫ އާއި ގދ. ތިނަދޫ އަދި ވިލިމާލޭގަ އެވެ.

މި މަރުކަޒުތަކުގައި ހުރި އަމާން ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިދުމަތްތައް އެންމެ ފުރިހަމައަށް ދެވޭ ވަސީލަތްތައް ހުރި ތަންތަނަށް ހެދުމަށް ބޭނުންވާ ފައިސާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ "ކެއާ ޕްރޮޖެކްޓް" ގެ ތެރެއިން މިހާރު ލިބިފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައި ވެއެވެ.

ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިދިޔަ މަހުވެސް އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.