ހަބަރު

"އަޅުގަނޑު ދެން ރައީސްކަން ކުރާކަށް ނޭދެން"

Sep 16, 2020
12

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ދެން ބޭނުންފުޅު ނުވާ މޭރުމަކުން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރު މަޒުމޫނު ލިޔުމެއް ލިޔުއްވައި އާންމުންގެ ސަމާލުކަން ހޯއްދަވައިފި އެވެ.

އެމްޑީޕީގެ "ހަބަރު ސިޓީ" ހަވަނަ އަދަދު ގައި "ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށްދިނުން" މި ސުރުހީގައި ރައީސް ނަޝީދު ލިޔުއްވަވާފައިވާ ކުރުކުރު މަޒުމޫނެއްގައި ވިދާޅުވެފައި ވަނީ މިހެނެވެ:

"އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނޭދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ހެޔޮ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ވެރިން ކޮށްދިނުމެވެ،"

ކުރުކުރު ވަރަށް ރީތި އިބާރާތްތަކެއް ހިމެނޭ އެ މަޒުމޫނުގައި ރައީސް ނަޝީދު ލިޔުއްވާފައިވާ ގޮތުގައި ރައީސް އިބްހިމް މުހައްމަދު ސޯލިހަށް އެމަނިކުފާނު ފުރިހަމައަށް ތާއީދު ކުރައްވަ އެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމަށް އުނިކަމެއް އައުމަށް ވެސް އެމަނިކުފާނު އެދިވަޑައެއް ނުގަންނަނަވަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ޕާޓީން އަޅުގަނޑަށް ދީފައިވާ އެންމެ ބޮޑު މަގާމަކީ އަޅުގަނޑަށް ފެންނަ ގޮތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތެވެ. ރައީސްގެ ވަޒީރަކާ ގުޅޭ ގޮތުން އަޅުގަނޑު ނުރުހުން ފާޅު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރައީސަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ އެވެ،" އެ މަޒުމޫނުގައި ވެއެވެ. "އަޅުގަނޑު ކަށަވަރު ކޮށްދެމެވެ. އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅު ކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުންމީދުތަކާއެކުގައެއް ނޫނެވެ. އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނުއެދެމެވެ."

ރައީސް ނަޝީދު ލިޔުއްވާފައިވާ ގޮތުން ބައެއް ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނު ފާހަގަ ކުރައްވާ ނުކުތާތަކަކީ ރައީސް ސޯލިހުގެ ސަރުކާރު ނިކަމެތި ކުރަން ފާހަގަ ކުރާ ކަންކަމެވެ. އެކަމަކު އެއީ ވަރަށް ބޮޑު އޮޅުމެކެވެ.

އެމަނިކުފާނު ލިޔުއްވާފައިވެއެވެ: "ހާދަހާވާ ބޮޑު އޮޅުމެކެވެ. އާދެ! ވެރި ކަމުގެ ނިޒާމް ބަދަލު ކުރުމަށް އަޅުގަނޑު އެދެމެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާާނީ ނިޒާމެވެ. ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އެހެން ނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ."

އަޅުގަނޑު ބޮޑު ވަޒީރަކަށް ވާން އެދޭ ނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަމެވެ. މިހާރުވެސް ކުރާން ހުރި ކަންކަން މަދީއެއް ނޫނެވެ. މީހާއާ ދިމާވެފައިވާ މައްސަލަތައް ވެސް ގިނަ އެވެ. މިއަދު މިބުނާ ވާހަކައަކީ އެމްޑީޕީއަށް ކާމިޔާބު ވާނީ އަޅުގަނޑުގެ އަމާޒު ނުގެއްލުމުންނެވެ.
ރައީސް މުހަމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދުގެ މަޒުމޫނުގައި އެމަނިކފާނު ފާހަގަ ކުރައްވާ ކޮރަޕްޝަނާއި ފަސާދައިގެ ވަހަކައަކީ ބަރުލަމާނީ ނިޒާމާ ގުޅުންހުރި ވާހަކައެއް ނޫން ކަމަށް ލިޔުއްވާފައި ވެއެވެ. އަދި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް އެދިވަޑައިގަންނަވާނަމަ އެވާހަކަ ދަންނަވާނެ ކަމަށް ވެސް ލިޔުއްވާފައި ވެއެވެ.

"އަޅުގަނޑު ބޮޑު ވަޒީރަކަށް ވާން އެދޭ ނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަމެވެ. މިހާރުވެސް ކުރާން ހުރި ކަންކަން މަދީއެއް ނޫނެވެ. މީހާއާ ދިމާވެފައިވާ މައްސަލަތައް ވެސް ގިނަ އެވެ. މިއަދު މިބުނާ ވާހަކައަކީ އެމްޑީޕީއަށް ކާމިޔާބު ވާނީ އަޅުގަނޑުގެ އަމާޒު ނުގެއްލުމުންނެވެ." ކުރު އެކަމަކު ވަރަށް މާނަފުން އިބާރާތަކެއް ގެނެސް ދެއްވަފައިވާ މަޒުމޫނުގައި ވެއެވެ.

އެ މަޒުމޫނުގައި އަނިޔާ އާއި ވައްކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރާއްޔިތުންގެ އިތުބާރު އެމްޑީޕީއާ ގުޅިގައި އޮންނަ ދެ ސިފަ ކަމަށް ބަޔާން ކުރައްވާ ރައީސް ނަޝީދު ލިޔުއްވާފައިވާ ގޮތުގައި ރައްޔިތުންގެ ވޯޓު އެ ޕާޓީއަށް ހޯދޭނީ އެ ސިފަތައް އާލާ ކޮށްގެނެވެ.