އެމްޓީސީސީ

ވަންދޫ ބަނދަރުގެ މަސައްކަތް ނިންމައިފި

Sep 17, 2020

ރ. ވަންދޫގެ ބަނދަރު ތަރައްގީ ކުުރުމުގެ މަސައްކަތް ނިންމައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ވަންދޫ ބަނދަަރު އަަޕްގްރޭޑް ކުރުމުގެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ. ބަނދަރު މަޝްރޫއުގެ ދަށުން 1،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅުފުންކުރުމާއި، 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރި އެވެ.

ހައުސިން މިނިސްޓްރީން ހަވާލު ކޮށްގެން އެ މަސައްކަތް ކޮށްފައިވާ އަގަކީ 5.99 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީ އިން މީގެ ކުރިން ބުނި ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 47 މަޝްރޫއެއް އެ ކުންފުނިން ކުރިއަށްގެންދެ އެވެ. އަދި ކޮވިޑްގެ ދުވަސްވަރު ވިޔަސް އެ ކުންފުނީގެ މަސައްކަތްތައް މަޑުޖެހުމެއް ނެތްކަމަށް ބުނެ އެވެ.