ދުނިޔެ

ލަންކާގެ ކާއްޓާބެހޭ މިނިސްޓަރު ޕްރެސް ދެއްވީ ރުކުން

Sep 19, 2020

ކޮލޮމްބޯ (ސެޕްޓެމްބަރު 19) - އަވަށްޓެރި ސްރީލަންކާގެ ކޮކަނަޓް، ފިޝްޓެއިލް ޕާމް، ޕަލްމީރާ އެންޑް ރަބާ ޕްރޮޑަކްޓް ޕްރޮމޯޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިއްޔެ ވަރަށް ތަފާތު ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

ސްޓޭޓް މިނިސްޓަރު އަރުންދިކާ ފެނާންޑޯ އިއްޔެ ޑަންކޮޓުވާގައި ޕްރެސް ބާއްވާފައި ވަނީ ރުކަކަށް އަރައި އިންނަވައިގެންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ އިތުރުން އޭނާ ވަނީ ކުރުނބާ ވެސް އަޅާފަ އެވެ. ފެނާންޑޯ ވިދާޅުވީ ކާށީގެ އަގު މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށާއި، ނަމަވެސް، އެކަމުގައި އުޅޭ ލަންކާ ވިޔަފާރިވެރިން ހިމާޔަތް ކުރުމަށްޓަކައި، އެފަދަ އެއްވެސް ބާވަތެއް ބޭރުން އެތެރެ ނުކުރާނެ ކަމަށެވެ.

އަދި ރުއް އެޅުމުގައި އުޅޭ މީހުނަށް ކޮންމެ ރުކަކަށް މަދުވެގެން 100 ލަންކާ ރުޕީސް ލިބޭގޮތަށް ބާރު އަޅުއްވާނެ ކަމަށެވެ.