އެމްއެންޑީއެފް

ބަޑިޖަހަން ބޭނުންކުރާ ރޭންޖްގެ މަރާމާތު ފަށައިފި

ސިފައިންގެ ތަމްރީން މަރުކަޒު ހިންގާ ކ. ގިރިފުށީ ޓްރެެއިން ސެންޓަރުގައި ބަޑި ޖެހުމަށް ބޭނުންކުރާ "ރޭންޖް" މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ "ރޭންޖް" މަރާމާތުކޮށް އަލުން ބޭނުން ކުރަން ފެށުމަށް ރޭވިފައިވާ ޕްލޭންއާ އެއްގޮތަށް "ރޭންޖް" ގެ މަަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.

ކ. ގިރިފުށީގައި ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީނު ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ނޮވެންބަރު 6، 2019 ގައެވެ.

ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީނު ހެދުން ވަގުތީ ގޮތުން ހުއްޓާލީ ގިރިފުށީގެ ތަމްރީނެއްގެ ތެރެއިން ޖެހި ވަޒަނެއް އެ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ހުރި ޖަރުމަނުގެ ފަތުރުވެރިއެއްގެ ގަޔަށް އަރައި އަނިޔާވުމާ ގުޅިގެންނެވެ.