ރާއްޖެ ކުޅިވަރު

ޗެމްޕިއަންކަން ޓީރެކްސް އަށް. މޮޅު ކުޅުންތެރިއަކަށް ޒަބީރު

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައި އެންމެ މޮޅު މޮޅު ކުޅުންތެރިއަކަށް އެ ޓީމުގެ އަހުމަދު ޒަބީރު ހޮވިއްޖެ އެވެ.

ޓީރެކްސް ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ހަރިކޭންގެ މައްޗަށް 71-89 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.

ލީގުގެ ދެ ވަނަ ޓީމަކީ ހަރިކޭން އެވެ. ތިން ވަނަ ލިބުނީ ރެޑްލައިން އަށެވެ. ލީގުގެ ގަދަ ހަތަރު ޓީމު ގައުމީ މުބާރާތަށް ކޮލިފައިވާއިރު މި ތިން ޓީމާއެކު ގައުމީ މުބާރާތުން ދެން ޖާގަ ލިބުނީ ދިވެހި ސިފައިންގެ ކުލަބަށެވެ.

ލީގުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިއަކީ އެންމެ މޮޅު އޮފެންސިވް ކުޅުންތެރިއަކަށް ހޮވުނު ހަރިކޭންގެ އެލެކްސެންޑާ ކަލަންޖެވެ. އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިއަކީ ޔޫއެން ފްރެންޑްސްގެ އަބުދުﷲ އަޒްމަރެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކީ ސިފައިންގެ އުމޭރު މުހައްމަދެވެ.