ރާއްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާ ކުރުމާ ގުޅޭ ގޮތުން ވަޒީރުންނާއި، ގައުމީ ޔުނިވާސިޓީގެ ވެރިންނާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވާ މަޝްވަރާކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އޮތް ބައްދަލު ވުމުގައި ސަރުކާރުން އެންމެ އިސްކަން ދެނީ ޒުވާނުން، މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް ތަމްރީނު ކުރަން އިސްކަން ދިނުމާއެކު ރަށުގައި ތިބެގެން ތަމްރީނާއި ކޯސްތަކުގައި ބައިވެރި ވެވޭނެ ގޮތަށް މަސައްކަތްކޮށް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަގާމުތަކުގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު މަދުކަމަށް ފާހަގަކުރެވޭ ދާއިރާތަކުން އިތުރު ދިވެހިން ތަމްރީނު ކުރަން އެ ބައްދަލުވުމުގައި ނައިބު ރައީސް އެދި ވަޑައިގެންނެވި އެވެ.