ލައިފްސްޓައިލް

މާޔާގެ އަޑުން ދިޔަވަތް ރަނގަޅު އޮޑި!

މާޔާ އާއި އުމަރު ގެނެސްދިނީ ދޮހޮއްކޮބެގެ ދިޔަވަތް ރަނގަޅު އޮޑި މި ލަވައިގެ ކަވާއެއް
60%
25%
15%

ވަށައިގެން އޮތް މާ ސިންގާ ގަދަ ކަނޑުގައި ނަގާ ބިޔަ ރާޅުތަކުގެ ތެރެއިން އޮޑިއެއްގައި ދަތުރުކުރަން ކިތަންމެ ކުޅަދާނަ މާލިމީއަކަށް ވިޔަސް ހިތްވަރު ބޭނުންވެދާނެ އެވެ. އޮޔާ ވަޔާ ހުރިގޮތް އަދި ނިޔަމިކަން ދަތަސް ފަޅަށް ވަދެވޭނެ ރަށަށް ލެފޭނެ ކަމުގެ އުއްމީދެ ބޭނުންވާނެ އެވެ. މިފަދަ ހާލެތެއްގައި ކަނޑަށް ފަރިތަ ކަނޑުގެ ދަރީންނަށް ހިތްވަރު ދިނުމަށް ޒަމާނުއްސުރެ ކިޔާ އެއް ފަރިއްސަކީ "ދިޔަވަތް ރަނގަޅު އޮޑި" މި ފަރިއްސެވެ. އަދި މި ފަރިހީގެ ލަވައެވެ.

ނައިފަރު ދޮހޮއްކޮބެ ރާއްޖޭގެ މިއުޒިކް ސީންގައި ދުވަހަކުވެސް ފަނޑުވުމެއް ނެތް ތަރިއެކެވެ. ދޮހޮއްކޮ ރަން އަޑުން ގެނެސްދީފައިވާ "ދިޔަވަތް ރަނގަޅު އޮޑި" މި ފަރިއްސަކީ ދިވެހި ހިތްތަކުގައި އޭރުވެސް މިހާރުވެސް ބިންވަޅު ނެގިފައި އޮންނަ ފަރިސްއެކެވެ.

ރާއްޖޭގެ ޖައްވުގައި ދޮހޮއްކޮބެ ލަވަތަކާއި ފަރިތަކަށް ދުވަހަކުވެސް ފަނޑުކަމެއް ނާންނާއެވެ. އެއީ ދިވެހިން މިހާތަނަށް ނުދެކޭފަދަ ދިވެހި ކްލަސިކް މިއުޒިކްގެ ލެޖެންޑެކެވެ. އޭނާގެ ހަރުމޯނިކާގެ ރީތި މިއުޒިކާއެކު ކިޔުއްވާފައިވާ ކިޔާފައިވާ ލަވަތަކަކީ ބައެއް ފަހަރަށް އެ އަޑުއަހާ ބަޔަކަށް އިބުރަތުގެ އެތައް ފިލާވަޅަކަށް ވެ އެވެ. މިއުޒިކުގެ ޒުވާން ފަންނާނުން އެ ލަވަތަކުން އަބަދު އިންސްޕިރޭޝަން ހޯދަ އެވެ.

ނައިފަރު ދޮހޮއްކޮ

ދޮހޮއްކޮބޭހެ "ދިޔަވަތް ރަނގަޅު އޮޑި" މިހާރު ވަނީ މާޔާ ނާސިހުގެ އަޑުން ކިޔައިދީފަ އެވެ. މާޔާއަކީ ސްކޫލް ކުދިންގެ ލަވަ މުބާރާތުން "ކާފަގެ ޒިކުރާ" ގެ ނަމުގައި އޭނާގެ ކާފަ، ހާޖާރާ މުހައްމަދު ތައުފީގުގެ ހަނދާންތައް އާކޮށްދޭން 1996 ވަނަ އަހަރު ލަވަ ކިޔައި ވަނަ ހޯދައި އަދި މަޝްހޫރު ކަމެއް ވެސް ހޯދި ލަވަކިޔުންތެރި އެކެވެ.

"ދިޔަވަތް ރަނގަޅު އޮޑީ" ގެ މާޔާގެ ވާޝަން މިހާރު އަޑު އަހާލެވެ އެވެ. މާޔާގެ ރީތި އަޑުން މި ލަވަ ގެނެސްދީފައިވާއިރު މި ލަވައަށް މީހާ ގަންބަލާހެން ހީވެއެވެ.

މާޔާގެ ކަވާ، "ދިޔަވަތް ރަނގަޅު އޮޑި"

މި ލަވަ އަކީ މާޔާގެ ފިރިމީހާ އުމަރު (ޑީޖޭ އުމަރު) ގެ ޕްރޮޑަކްޝަންއެކެވެ. އުމަރުއަކީ ޑީޖީއެކެވެ. އިވެންޓް މެނޭޖްމަންޓް އަދި ބެކްރައުންޑް މިއުޒިކް ކުންފުންޏެއް ހަދައިގެން އެ މަސައްކަތުގައި 20 އަހަރުގެ ތަޖުރިބާ ހޯދާފައިވާ މީހެކެވެ. މި ވާޝަންގެ މިއުޒިކް ވެސް ތަފާތެވެ. ސަޅި ވައިބެކެވެ. މިއީ ބާޗީ އާއި ފަޔާގެ ހުނަރެވެ.

"ލަވަ އަކީ ކުރީގެ ލަވަތަކުގެ ތެރެއިން އުމަރަށް ވަރަށް ކަމުދާ ލަވައެއް. ދެން ފަޔާގެ އިންސްްޓްރުމެންޓަލް ކަވާ އަޑު އިވިފައި އުމަރު އިންސްޕަޔާ ވީ މިއަށް ކަވާއެއް ހަދަން." މި ކަވާ އާ ގުޅޭގޮތުން މަޔާ ބުންޏެވެ.

މާޔާ އާއި އުމަރު

މިހާރު އިންޓީރިއާ އާކިޓެކްޓެއްގެ ގޮތުގައި ފުލްޓައިމްކޮށް މަސައްކަތް ކުރަމުން އަންނަ މާޔާ ކުރިން އަވަސް އަށް ދިން އިންޓަވިއުއެއްގައި އޭނާ އަކީ މިހާރު "ބާތްރޫމްސިންގާ" އެއް ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އޭނާ ވަނީ އުމަރާ އެކު މިއުޒިކް ކޮލެބްރޭޝަންތަކެއް ކުރިން ވެސް ހަދާފަ އެވެ.

މިގޮތުން ދަރާ ރަޝީދުގެ އެކްޓިންގް ދައްކުވައިދިން ލަވަ "ކައިވެނީގެ އަމާޒަކީ" ގެ ކަވަރ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝިއުޒް އާއެކު މާޔާ ކިޔާދީފައި ވެއެވެ. އަދި ލަވަކިޔުންތެރިޔާ އައްޕި އާއެކު "ހިނދުކޮޅު" ގެނެސްދީފައި ވެއެެވެ.

"އެ މަސައްކަތްތަކަކީ އުމަރުގެ ޕްރޮޑަކްޝަންތަކެއް. މިހާރު ފަސް ވަރަކަށް އަހަރުވަނީ އެ ލަވަތަކަށް. ލޮކްޑައުންގައި އުމަރުގެ މި އައިޑިއާ އަށް މާޔާ ބޭނުންވީ ސަޕޯޓްކޮށް މިއަށް ވޯކަލް ހަދަން. އުަމަރަށް ވަރަށް ރަނގަޅަށް މިއުޒިކް އިނގޭ. އެހެންވެ ފަސޭހަ ވޯކް ކުރަން އެއްކޮށް.
އުމަރެކޭ އެއްގޮތަށް މާޔާ އަކީވެސް ދޮހޮއްކޮބެގެ ފޭނެއް. މިއީ ލޮކްޑައުންގައި ދެ މީހުންގެ މަސައްކަތެއް. ދޮޅުމަހެއްހާ ދުވަސް ނެގި އެއްކޮށް ނިންމާލަން،" މާޔާ ބުންޏެވެ.

ގިނަދުވަސްތަކެއް ފަހުން މާޔާގެ އާ ލަވައެކެވެ. ކަވާ އެއްގޮތުގައި ގެނައުމުން ވެސް އާއިލާ އާއި ރައްޓެހިންގެ ފުރިހަމަ ސަޕޯޓެެއް ލިބި އެންމެންނަށް ވެސް ތިބީ ލަވަ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހާބުރި

ވަރަށް ގިނަ ނޯޓުތަށް ފްލެޓު. މާޔާ ކޮއްކޮއަށް ތިޔަށްވުރެ ރަނގަޅަށް ކިޔޭނެ. ވަރަށް ރީތި އަޑު.

ޢަލީ ޙަލީމު.

ތި މާޔާ ސުކޫލް މުބާރާތުން ވަނަ އަށް އައުމަށް ހެދި މަކަރު މިއަދު މާތްﷲ ހެޔޮރަހުމަތުން ސިއްރުވެފައި އޮތަސް މާދަމާ (ގިޔާމަތް ދުވަހުން) ސިއްރެއްނުވާނެ.

ޢަލިބެ

ޥ ސަޅި މާޔާ މިސް ގެ ކިޔާލުން

ހައިރުންނިސާ

އެކަމު ތިޔަ ޑީޖޭއުމަރު ބަލާލަން އުނދަގޫ އިނގޭތޯ..

މުހައްމަދުގެ

ބޯދިގު ވެފަ ފައް އަޅާފަ ފާޑު ފާޑުގެ އެއްޗެހި ލައިގެން ނެތީމަތަ

ނައީމާ

މާޔާ ފިރިކަލުންގެ ރީނދޫކަން ފިލުވަންޖެހޭކަމަށް ފާހަގަވޭ

ވޯލްޕް

ނުފިލުވާނެ، ވަލުދޮރާށިން އަންބިކަލުންނަށް އިންޓީރިއާ ޑިޒައިން ހަދަން ލިބެންޔާ.

ސަމްބޭ

މިީގައި ހުރި އިސްލާހްކުރަންޖެހޭ ތަންތަން؛ * ކިޔާފައިވާގޮތް( ވިޔަކަސް ރުޅާބޮޑު ދީއްލާ ނުލާށޭ.) ރަނގަޅުގޮތް (ވިޔަކަސް ޅުރާ(ރާޅު) ބޮޑު ދީއްލާ ނުލާށޭ. * ކިޔާފައިވާގޮތް (ދަނޑިވަޅު ބަލާފާ އެނދަކުރި ހިފާށޭ) ރަނގަޅުގޮތް (ދަނޑިވަޅު ބަލާފާ އެނގަކުރި (ދަންމާނުންކުޑަ ތަންކޮޅެއްދޫކޮށްލާފާ އޮޑިދުއްވެންއޮތް އެންމެ ބާރަކަށް ދުއްވުން ) ހިފާށޭ)

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910