ޔޫއޭއީގެ "ފްލައި ދުބާއީ" އިން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފި އެވެ. މަޝްހޫރު އެއާލައިން އެމިރޭޓްސްގެ ބަޖެޓް އެއާލައިނެއްގެ ގޮތުގައި އުދުހޭ ފްލައި ދުބާއީ އިން މީގެ ކުރިން ވެސް 2018 ވަނަ އަހަރުން ބަޔަކާ ހަމައަށް ރާއްޖެއަށް ދަތުރުތައް ކުރި އެވެ.
އަލުން އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށަނީ އަންނަ މަހުގެ 27 ގައެވެ. މި ފަހަރު ހަފުތާއަކު ހަތަރު ފްލައިޓް ރާއްޖެއަށް އަޅާނެ އެވެ. އެއީ އަންގާރަ އާއި ބުރާސްފަތި ދުވަހާއި ހުކުރު، ހޮނިހިރުގަ އެވެ.
ސީއީއޯ ގައިތު އަލް ގައިތު، ފްލައި ދުބާއީގެ ސްޓޭޓްމެންޓެއްގައި ވިދާޅުވީ ކޮވިޑް ބަލިމަޑު ކަމުގެ ތެރެއިން ގައުމުތައް ހުޅުވައި ލުއިދޭން ފަށާފައިވާއިރު ދަތުރުފަތުރަށް ވެސް ފަހިވަމުން އަންނަ ކަމަށައި ފްލައި ދުބާއީ އިން ރާއްޖެއާއެކު 40 މަންޒިލަކަށް އުދުހޭނެ ކަމަށެވެ.