ބިދޭސީން

ގަވައިދަށް ފެތޭ ބިދޭސީންނަށް އެޕްރޫވަލް ދޭނީ ޑިޕޮޒިޓް ދެއްކުމުން

Sep 21, 2020
1

ބިދޭސީންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ބިދޭސީންގެ ރެގިއުލަރައިޒޭޝަން އެމްޕްލޮއިމްންޓް އެޕްރޫވަލް (އާރްއީއޭ) ދޫކުރާނީ ޑިޕޮޒިޓް ފައިސާ ދެއްކުމުން ކަމަށް ނިންމައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދައެއް ނެތި މަސައްކަތްކުރާ ބިދޭސީ ގަވައިދަށް ފެއްތުމުގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރެގިއުލަރައިޒްވާ ބިދޭސީންނަށް ދެން އާރްއީއޭ ދޫކުރާނީ ބިދޭސީން ވަޒީފާ އަދާކުރުމާބޭހޭ ގަވާއިދު ބުނާ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރެގިއުލަރައިޒްކޮށް އާރުއީއޭ ދޫކޮށްފައިވާ ބިދޭސީންގެ އެމްޕްލޮއިމްންޓް އެޕްރޫވަލްގެ މުއްދަތު ވެސް އިތުރު ކޮށްދޭނީ ޑެޕޮސިޓް ފައިސާ ދައްކާ ނިންމީމަ އެވެ.

އެގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެނެވެ. ބިދޭސީން ވަޒީފާ އަދާކުރުމާބޭހޭ ގަވާއިދު ގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން އެފަދަ މީހުން ޑިޕޮސިޓް ފައިސާ ދައްކަން ޖެހެ އެވެ.