ހަބަރު

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގު ހެޔޮކޮށްފި

Sep 22, 2020

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގުހެޔޮކޮށްފި އެވެ.

މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް ޑީސަލް ލީޓަރެއް މީގެ ކުރިން ވިއްކަމުން ދިޔައީ އަށް ރުފިޔާ 65 ލާރިއަށެވެ.

ނަމަވެސް މިއަދު ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ ހަތް ރުފިޔާ 33 ލާރިއަށް ކަމަށް މިފްކޯއިން މައުލޫމާތު ދިނެވެ.

މީގެ އިތުރުން، އާންމު ފަރާތްތަކަށް ވިއްކާ ޑީސަލްގެ އަގަށް ވެސް ބަދަލު ގެނެސްފައި ވެ އެވެ. އެގޮތުން މިއަދުން ފެށިގެން އާންމުންނަށް ޑީސަލް ވިއްކާނީ ލީޓަރެއް 13 ރުފިޔާއަށެވެ.