ހަބަރު

އަމިއްލަ ދިފާއުގައި އަދީބުގެ ފާޑުވިދާޅުވުން އުމަރަށް

Oct 12, 2015
5
  • ރައީސް ޔާމީނާ ވާދައެއް ނުކުރާނަން، ހުންނާނީ އަރިހުގައި
  • ސިޔާސީ ގޮތުން އަޅުގަނޑު ކަތިލަން މަސައްކަތް އެބަ ކުރޭ
  • ރައީސާ އަޅުގަނޑާ ދެމެދު އިތުބާރު އެބައޮތް

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގު ކުރާ އިންކްއަރީ ކޮމިޝަންގެ ކޯޗެއާ، އަދި ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައްދުވާ ގޮތަށް ނައިބު ރައީސް އަހުމަދު އަދީބު ފާޑުވިދާޅުވެއްޖެ އެވެ.

މިރޭ ދިޓީވީގެ "ހަބަރުތެރެއިން ޕްރޮގްރާމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އަދީބު ވަނީ ދެ ފަހަރެއްގެ މަތީން އުމަރު ނަސީރަށް ނިސްބަތްވާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ. އަދި ލޯންޗުކޮޅުގެ ހާދިސާ ސިޔާސީ ކުރަމުން އަންނަ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ވެސް އޭނާ އެދި ވަޑައިގެންނެވި އެވެ.

ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތުތަކަށް ވެސް ކޮންމެވެސް ވަރަކަށް ބައްލަވައިލެއްވި ޕްރޮގްރާމުގައި އަދީބުގެ ގިނަ ވާކަތައް މިރޭ ބިނާ ކުރައްވާފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އޭނާގެ މައްޗަށް ތުހުމަތުކޮށް އެކި ފަރާތްތަކުން ދައްކާ ވާހަކަތަކުން ބަރީއަވެ ވަޑައިގަތުމަށެވެ. އަދި އެވާހަކަތަކުގެ ތެރޭގައި ދެ ފަހަރެއްގެ މަތީން އުމަރުނަސީރަށް ރައްދުވާ ގޮތަށް ފާޑުވިދާޅުވެ ބައެއް ވާހަކަފުޅު ދެއްކެވި އެވެ.

އެގޮތުން އަދީބު ވިދާޅުވީ ވަކި މީހެއްގެ ފޮޓޯ ބާއްވައި އެއަށް ބަލައި ވަށައިގެން ތަހުގީގު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި ފެބްރުއަރީ 7 ގެ ހާދިސާއާއެކު "ކޮމާންޑް ސެންޓަރޭ" ކިޔައިގެން ވެސް ބަޔަކު ކްރެޑިޓް ނެންގެވުމަށް ބަޔަކު މަސައްކަތް ކުރި އިރު ކޯޓްގައި ބެދޭވަރަށް "ހަރުގަނޑޭ" ކިޔައިގެން ވެސް ވާހަކަތައް ދައްކާފައިވާ ކަމަށެވެ. އަދި "ހުދުވަލޭ" ކިޔައިގެން ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ.

އަދީބު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އެންމެ އަރިހުގައި އޭނާ ހުރީ އެމަނިކުފާނު ކަމަށާއި ރައީސް ޔާމީންގެ އިތުބާރު އެމަނިކުފާނަށް މިހާރު ވެސް އެބައޮތް ކަމަށެވެ. އަދި މިހާރު ވެސް މުހިންމު ހުރިހާ ކަމެއްގައި ރައީސް ޔާމީން އެމަނިކުފާނާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ތިބި ސިޔާސީ ހުރިހާ ފަރާތްތަކުން ބޭނުންވަނީ އެމަނިކުފާނު ކަތިލަން ކަމަށް އޭނާވެފައި "ކަތިލަން ތައްޔާރުކޮށްފަ އިންނަ ކުކުޅަކަށް،" ކަމަށެވެ.

ތުހުމަތުތައް އިޝާރާތް ކުރައްވާ އަދީބު ވިދާޅުވީ އެއީ ސިޔާސީ ގޮތުން އޭނާ "ކަތިލަން" އަބަދުވެސް ކުރާ ތުހުމަތުތަކެއް ކަމަށާއި އެކަން ކުރަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ޖެހިލުންވާ ކަމަށާއި އެކަންކަމާ ހިނި އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އަބަދުވެސް ހުންނަވާނީ ރައީސް ޔާމީނާއެކު ރައީސް ޔާމީން ބެހެއްޓި ހިސާބެއްގައި ކަމަށާއި އެއަށްވުރެ އިސް މަގާމަކަށް އައުމުގެ ވިސްނުމެއް ނެތް ކަމަށާއި ބޭނުންފުޅު ވަނީ ލީޑަރެއްގެ ދަށުން ހާއްސަކޮށް ރައީސް ޔާމީންގެ ދަށުން މަސައްކަތް ކުރައްވަން ކަމަށެވެ.

"ހަމަގައިމު ރައީސް ޔާމީނާ ވަކިވެގެން ނުވަތަ އެއަށް ވުރެ މަތީ މަގާމަކަށް އަންނާކަށް ނޫޅެން،"