ފަޒްނާ އަހުމަދު

އިޝާރާތުން ފަސްޓްލޭޑީ ވާހަކަ ވިދާޅުވެދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިޝާރާތުން ވާހަކައެއް ވިދާޅުވެ ދެއްވަނީ

ބައިނަލްއަގުވާމީ އިޝާރާތް ބަހުގެ ދުވަހާއި ގުޅިގެން ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ކުޑަކުދިންނަށް އިޝާރާތް ބަހުރުވައިން ވާހަކަފުޅު ދައްކަވައިފި އެވެ.

ރައީސް އޮފީހުން އާއްމު ކުރުއްވި ވީޑއޯއެއްގައި އިޝާރާތުން ފަޒުނާ ވަނީ ދުވަހުގެ މުނާސަބާތުގެ ހެޔޮ ދުއާ ތަހުނިޔާ އަރިސް ކުރައްވާ ކަމަށެވެ. އަދި ހުރިހާ އެއްމެން ވެސް އިޝާރާތް ބަހުން ކޮންމެވެސް މިންވަރެއް ދަސްކުރަން ވެސް އެދި ވަޑައިގެންފައި ވެއެވެ.

ދުވަހާ ގުޅުވައި އެ ކަމަނާ ކުޑަކުދިންނަށް ވާހަކައެއް ވިދާޅުވ ދެއްވި އެވެ. "މީހާކާއި ގަސް" މި ވާހަކަ އެކަމަނާ ވިދާޅުވެ ދެއްވާފައި ވަނީ އިޝާރާތް ކުރައްވައި ގެނެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިޝާރާތް ބަހުގެ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ.