ހަބަރު

ރޭމްގެ އިންތިހާބީ ޖަލްސާ އަންނަ މަހު އެކެއްގައި ބާއްވަނީ

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ އިންތިހާބީ ޖަލްސާ އަންނަ މަހު އެކެއްގައި ބާއްވަން ނިންމައިފި އެވެ.

ރޭމް އިން ބުނީ ހިންގާކޮމިޓީ ހޮވުމުގެ އިންތިހާބު ގައި ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ރޭމްގެ ހިންގާ ކޮމިޓީގެ މަގާމުތަކުގައި ހިމެނެނީ ، ރައީސް ކަމުގެ މަގާމާއި ފުރަތަމަ ނާއިބު ރައީސް ކަމުގެ މަގާމާއި ދެވަނަ ނާއިބު ރައީސްކަމުގެ މަގާމާއި ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމާއި ޓްރެޒަރާ ގެ މަގާމު ކަމަށެވެ. އަދި އިތުރު މެމްބަރުންގެ އަށް މެމްބަރުންގެ މަގާމުގެ ގޮނޑިއާ އެކު ޖުމްލަ 13 މަގާމަށް ކުރިމަތިލެވޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފޯމް، ރޭމްގެ ހޮޓްލައިން 7734455 އަށް ވައިބާ ކުރުމުންނާއި އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ވެސް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. މިއިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް މެމްބަރޝިޕް ފޯމް ފުރާ ފަރާތްތަކަށް އެކަނި ކަމަށވްެސް ރޭމް އިން ވަނީ ބުނެފަ އެވެ.

ރޭމް އަކީ ރެސްޓޯރެންޓް، ކެފޭ އަދި ހޮޓާ ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން ތަމްސީލުކުރާ ޖަމްއިއްޔާ އެކެވެ.