ކޮޗިން ފެރީ

ދެ ކޮޓައިނާ ހިފައިގެން ކޮޗިން އިން ކުޅުދުއްޓަށް ބަނދަރުކޮށްފި

Sep 26, 2020
17

އިންޑިއާގެ އާއި ރާއްޖެއާ މުދާ އުފުލަން ފެށި، "ކޮޗިން ފެރީ" ދެ ކޮންޓެއިނާގެ މުދާ ހިފައިގެން ކުޅުދުއްފުއްޓަށް ރޭ ފަތިހު ބަނދަރުކޮށްފި އެވެ.

އިންޑިއާގެ ކޮޗިން އިން މި މަހުގެ 21 ވަނަ ދުވަހު ފުރި، "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ ޓުޓިކޯރިން އިން ފުރައިގެން ކޮޗިން ބަނދަރާ ކައިރި ކުރުމަށްފަހު އެވެ. މުދާ އުފުލާ ބޯޓު މިއަދު ބަނދަރުކޮށްފައި ވަނީ ދެ ކޮންޓައިނާ އެވެ. ބޯޓުގައި ހުރީ ގާތްގަނޑަކަށް 500 ޓަނުގެ މުދަލެވެ.

އެނގިފައިވާ ގޮތުގައި މި ބޯޓުން ގެނެސްފައި ވަނީ ފިޔާ އާއި އަލުވި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސް އެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ދަތުރު ކުރަނީ އެ ގައުމުގެ ގައުމީ ޝިޕިން ކުންފުނި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން ނެވެ. އަދި މި ކުންފުނީގެ ރާއްޖޭގެ އެޖެންޓަކީ ރާއްޖޭގެ ޝިޕިން ވިޔަފާރި ފުޅާ ކުރަން އުފެއްދި ކުންފުނި، ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އެވެ. ގައުމީ ޝިޕިން ކުންފުންޏެވެ.

ކޮޗިން ފެރީ، ކުޅުދުއްފުޓަށް ބަނދަރު ކުރިއިރު، އެ ރަށް މިވަނީ ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ރޭ ލާފަ އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދު ލަތީފު ވިދާޅުވި ގޮތުގައި މި ބޯޓުގެ ދަތުރާ ގުޅިގެން އިވެންޓެއް ބާއްވަން ކުރިން ރޭވި އެވެ. ނަމަވެސް އެ ރަށް މޮނީޓަރިންއަށްލުމުގެ ސަބަބުން އެ އިވެންޓު ބޭއްވޭނެ ކަމަށް ނުބެލެވެ އެވެ.

މި ދަތުރާ ބެހޭ ގޮތުން، ކުރިން ދެ ގައުމުގެ ސަރުކާރުން ވެސް ބުނަމުން ދިޔައީ، އިންޑިއާ އާއި މާލެއާ ދެމެދު ދަތުރު ފަށާނީ މީހުން އުފުލާ ފެރީގެ ހިދުމަތް ކަމަށެވެ. ނަމަވެސް މިހާރު ޕްލޭންކޮށްފައި ވަނީ ރާއްޖެ އާއި ކޮޗިންއާ ދެމެދު މުދާ އުފުލަން 2-3 ދަތުރު ކުރުމަށެވެ. މި ދަތުރުތައް ކުރާނީ ކޮޗިނުން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

އިންޑިއާގެ އާއި ރާއްޖެއާ ދެމެދު އެ ގައުމުގެ ސަރުކާރުން މުދާ އުފުލަން ފެށުމަކީ މި ސިނާއަތުގެ ތަޖުރިބާކާރުންގެ ކަންބޮޑުވުން ހުރި ކަމެކެވެ. އިންޑިއާގެ ފެރީގެ މައްސަލާގައި އެންމެ ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވަނީ ރާއްޖޭގެ އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އެ ފަދަ ގިނަ ބޭފުޅުންގެ ނަޒަރުގައި އިންޑިއާގެ ދަތުރުތައް ރާއްޖެއާ ދިމާއަށް އަނބުރާލުން ވެގެން ދާނީ ދިވެހި އިގްތިސޯދު ބެދޭނެ މަޅިއެއްގެ ތެރެއަށް ވަދެގެން ދިއުމަށެވެ.

ނަމަވެސް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި ގޮތުގައި، ކާގޯ ފެރީގައި ރާއްޖެއަށް ހަމައެކަނި ގެންނާނީ ދިވެހި އިމްޕޯޓަރުން ގަންނަ މުދަލެވެ. އަދި މި ފެރީގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ޔަގީންވެގެންދާނެ އެވެ.

"މިހާރު އޮޕަރޭޓު ކުރާ ކާގޯ އުޅަނދުތަކާ ހުރި ހަމައެކަނި ތަފާތަކީ މި ކާގޯ ފެރީއަކީ ދުރާލާ ޝެޑިއުލް ކުރެވިގެން ވިޔަފާރީގެ ނިޒާމަށް ފަސޭހަ ވެގެންދާނެ ހިދުމަތެއް،" ފައްޔާޒް ވިދާޅުވި އެވެ.