ދުނިޔެ

އީރާނުގެ ޕާލިމަންޓުން އެމެރިކާގެ ނިއުކްލިއާ އެއްބަސްވުމަށް ތާއީދުކޮށްފި

އެމެރިކާ އިސްވެ އޮވެ އީރާނާއެކު ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމަށް އީރާނުގެ ޕާލިމަންޓުން މިއަދު ރުހުން ދީފިއެވެ.

އީރާނުގެ ޕާލިމަންޓުން މި އެއްބަސްވުމާ އެއްކޮޅަށް ވޯޓު ދިން އިރު ބުނެފައި ވަނީ ބައިނަލްއަގްވާމީ އިންސްޕެކްޓަރުންނަށް އީރާނުގެ އަސްކަރީ ސަރަހައްދުތައް ހުޅުވާލުމުގައި ހިފެހެއްޓުންތަކެއް ގެންގުޅެން ޖެހޭނެ ކަމަށެވެ.

އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށް ގޮވާލާ އދ. ގެ ސެކިއުރިޓީ ކައުންސިލުން 2006 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ހަތް ގަރާރެއް ފާސްކޮއްފައިވެއެވެ. އެކަމަކު އީރާނުން މި ގަރާރު ތަކަށް ބޯލަނބާފައެއް ނުވެއެވެ. އީރާނުން އަބަދުވެސް ބުނަމުން އައީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރީމުގެ ބޭނުމަކީ ރައްޔިތުންގެ އާންމު ބޭނުންތަކަށް ހަކަތަ އުފެއްދުން ކަމަށާއި ނިއުކްލިއާ ހަތިޔާރު ތަރައްގީ ކުރުން ނޫން ކަމަށެވެ.

ޖުލައި މަހު އެމެރިކާއާއި އެކު އީރާނުން ހަދާފައިވާ ތާރީހީ އެއްބަސްވުމުގައި ވާ ގޮތުން ކަނޑައެޅޭ ވަކި އުސޫލު ތަކަކަށް އީރާނުން އަމަލު ކުރުމުން އެގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެވޭނެއެވެ. މި އެއްބަސްވުމުގައި ދުނިޔޭގެ ބާރުގަދަ އިތުރު ފަސް ގައުމެއް ވެސް ބައިވެރި ވެއެވެ.ތެހެ