ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި

ކުޅުދުއްފުށި ބޯޓުން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށި "ފާޅު" ބޯޓުގެ އިތުރު ދެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެ ބޯޓުން ފުރަތަމަ ޕޮޒިޓިވްވީ ބޯޓްގެ ކެޕްޓަނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ކުޅުދުއްފުށި ބޯޓުން އިތުރު ދެ ފަޅުވެރިއަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ކުރިން ޕޮޒިޓިވްވި ކޭސްގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށްވެސް ބުންޏެވެ.

އިއްޔެގެ ކޭސްއާއި ގުޅިގެން ކުޅުދުއްފުށި އަދި އެ އަތޮޅު ނޮޅިވަރަމް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެޗްޕީއޭއިން ބުނީ މިރޭ ޕޮޒިޓިވްވި ދެ ކޭސްއާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ފުރަތަމަ ކޭސްއާ ގުޅިގެން ނަގާފައިވާ ބައެއް ސާމްޕަލްތައް މިހާރު ޓެސްޓް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން 10،000 ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އަތޮޅުތެރޭގެ 21 ރަށެއްގައި 40 މީހަކަށް ބަލިޖެހިފައި ވެއެވެ. އަދި 25 ރިސޯޓެއްގައި 14 ފަތުރުވެރިންނާއި 34 މުވައްޒިފުންނަށް ވެސް ބަލިޖެހިފައި ވެއެވެ.