ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ހދ. ކުޅުދުއްފުށި ސިޓީ އާއި އއ. ހިމަންދޫއަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެ ދެ ރަށް ގެނެސްފި އެވެ.
ކުޅުއްދުއްފުށިން ތިން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ފްލޫ ކްލިނިކަށް ދައްކާ ޓެސްޓް ކުރި މީހަކާއި އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހެކެވެ.
ހިމަންދޫ އިންވެސް ޕޮޒިޓިވްވީ ފްލޫ ކްލޫނިކަށް ދެއްކި މީހެކެވެ. އެއީ ކަރަންޓީންގައި ހުރި މީހެއް ނޫނެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ކޭސްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ދެ ރަށަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.
މިވަގުތު 25 ރަށެއް އޮތީ މޮނިޓަރިންގައެވެ. އެއީ ޅ. ނައިފަރާއި އދ. މާމިގިއްޔާއި ތ. ވޭމަންޑޫ އާއި އެ އަތޮޅު މަޑިފުއްޓާއި އއ. ބޮޑުފުޅަދޫ އާއި ކ. ހިންމަފުއްޓާއި ގުޅި އަދި މާފުށީގެ އިތުރުން އއ. މަތިވެރި އާއި ލ. މާންދޫ އާއި ގަމާއި ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ ކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި މ. ކޮޅުފުއްޓާއި އައްޑޫ ސިޓީ އާއި އދ. ދަނގެތި އާއި ހއ. ދިއްދޫ އެވެ.
ކޮވިޑް ކޭސްތައް ފެނުން އިތުރުވާތީ އަންގާރަ ދުވަހުން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދަތުުކުުރުން މަނާ ކުރަން ވަނީ ނިންމާފައެވެ.