ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކޮވިޑް ފެތުރިފައިވޭތޯ ބަލަން ސާމްޕަލް ނަގަން ފަށައިފި

ހދ. ކުޅުދުއްފުށީގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް މިރެ އާއި މާދަމާ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާ އެ މަަސައްކަތް ފަށާފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މާލެ ސިޓީގެ އިތުރުން މިވަގުތު ކޮމިއުނިޓީ ޓްރާސްމިޝަނެއް އޮތް ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ހަމައެކަނި ރަށަކީ ކުޅުދުއްފުށްޓެވެ. އެ ރަށުގައި ފުލުުހުންގެ ބަޔަކު އަދި ހޯމް ކަރަންޓީންގައި ތިބި ބައެއް މީހުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިރޭ ބުނީ އެ ރަށުގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް މިރެ އާއި މާދަމާ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށް ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޭނުންވާ ކަމަށްވެސް ބުންޏެވެ.

ހދ. ކުޅުދުއްފުށިން ފުރަތަމަ ފުލުހަކު ޕޮޒިޓިވްވީ މި މަހުގެ ހަވަނަ ދުވަހުއެވެ. ސެޕްޓެންބަރު މަހުގެ 24 ވަނަަ ދުވަހު އެ ރަށާއި އުތުރުގެ ބައެއް ރަށްރަށަށް 18 ފުލުހަކު ވަނީ މާލެއިން ގޮސްފައެވެ. ޕޮޒިޓިވް ކޭސްތައް ފެންނަން ފެށީ އެ ހިސާބުންނެވެ. ހަތްވަނަ ދުވަހުވެސް ކުޅުދުއްފުށިން ފުުލުހަކު ޕޮޒިޓިވްވިއެވެ. އަދި ޖެހިގެން އައި ދުވަހު ދެ ފުލުހަކު ޕޮޒިޓިވްވިއެވެ.

އަދި 8ވަނަ ދުވަހު އެ ކްލަސްޓާއާ ގުޅުން ހުރި ފުލުހަކު ފޯކައިދޫން ޕޮޒިޓިވްވިއެވެ. އަދި 10 ވަނަ ދުވަހު ދިއްދޫއިންވެސް އެ ކްލަސްޓާއާ ގުޅުންހުރި މީހަކު ޕޮޒިޓިވްވިއެވެ. އަދި 15 ވަަނަ ދުވަހާއި ސޯޅަ ވަނަ ދުވަހު ފަސް މީހަކު ވަނީ ކުޅުދުއްފުށިން ޕޮޒިޓިވްވެފައެވެ.