ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި

އެގާރަ ދުވަހަށްފަހު ކުޅުދުއްފުށި އާންމު ހާލަތަށް

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ހދ. ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައިތާ 11 ދުވަސް ފަހުން އާންމު ހާލަތަށް ގެނެސްފި އެވެ.

ހދ. ކުޅުދުއްފުށިން ފުރަތަމަ ފުލުހަކު ޕޮޒިޓިވްވީ މި މަހުގެ ހަވަނަ ދުވަހުއެވެ. ސެޕްޓެންބަރު މަހުގެ 24 ވަނަަ ދުވަހު އެ ރަށާއި އުތުރުގެ ބައެއް ރަށްރަށަށް 18 ފުލުހަކު ވަނީ މާލެއިން ގޮސްފައެވެ. ޕޮޒިޓިވް ކޭސްތައް ފެންނަން ފެށީ އެ ހިސާބުންނެވެ. ހަތްވަނަ ދުވަހުވެސް ކުޅުދުއްފުށިން ފުުލުހަކު ޕޮޒިޓިވްވިއެވެ. އަދި ޖެހިގެން އައި ދުވަހު ދެ ފުލުހަކު ޕޮޒިޓިވްވިއެވެ.

ނަަމަވެސް އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން ބުނީ އެ ހާލަތު އިތުރަށް ދަމަހައްޓަން ނުފެންނާތީ މިރެއިން ފެށިގެން ކުޅުދުއްފުށި އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެ ރަށުގައި ބަލި ފެތުރޭތޯ ބެލުމަށް ގިނަ ސާމްޕަލްތަކެއް ނަގާފައިވާއިރު ފަހުން ޓެސްޓް ކުރެވުނު 380 ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައެވެ.