ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި

ކުޅުދުއްފުށި: ފަހުން ނެގި 100 ސާމްޕަލް ނެގެޓިވް

ހދ. ކުޅުދުއްފުށީގައި ކޮވިޑްގެ ބަލި މީހުންތޯ ބެލުމަށް ދެވަނަ ބުރުގެ ނެގި 100 ސާމްޕަލްވެސް ނެގެޓިވްވެފައިވާ ކަމަށް ލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ހދ. ކުޅުދުއްފުށީގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް ފުރަތަމަ ބުރުގައި 120 ސާމްޕަލެއް ވަނީ ނަގާފައެވެ. ސާމްޕަލް ނަގާފަައިވަނީ 25 ގެއަކުން 25 ސާމްޕަލް އަދި ބިދޭސީންގެ ތެރެއިން 35 ސާމްޕަލެވެ. އަދި ފިހާރަތަކުގައި މަސައްކަތް ކުރާ 17 މީހެއްގެ ސާމްޕަލްއާއި ކެފޭތަކުގައި މަސައްކަތް ކުރާ 24 މީހެއްގެ އިތުރުން ޓެކްސީ ހިދުމަތްދޭ 11 މީހެއް އަދި ބޯޓްތަކުގައި މަސައްކަތް ކުރާ 10 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެ ހުރިހާ ސާމްޕަލްވެސް ނެގެޓިވެވެ.

މީގެ އިތުރުން ކުޅުދުއްފުށްޓަށް ޑޮކްޓަރަށް ދައްކަން އެހެން ރަށްރަށުން އައި މީހުންގެ ތެރެއިން 84 މީހެއްގެ ސާމްޕަލް ވެސް ވަނީ ނަގާފައެވެ. އެ ސާމްޕަލްތައް ނެގެޓިވް ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެ ސެންޓަރުން ބުނީ ދެވަނަ ބުރުގައި ކުޅުދުއްފުށިން 100 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެ ގޮތުން 15 ގެއަކުން 15 މީހެއްގެ ސާމްޕަލް އާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުގައި މަސައްކަތް ކުރާ 25 މީހެއްގެ ސާމްޕަލް އާއި ޓެކްސީ ހިދުމަތްދޭ 11 މީހެއް އަދި އާންމު ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ނުވަ މީހެއްގެ ސާމްޕަލް ނަގާފައިވެއެވެ. އެ ސެންޓަރުން ބުނީ އެ ހުރިހާ މީހުންގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ.

މާލެ ސިޓީގެ އިތުރުން މިވަގުތު ކޮމިއުނިޓީ ޓްރާސްމިޝަނެއް އޮތް ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވަނީ ކުޅުދުއްފުށްޓާއި އުނގޫފާރެވެ.

ހދ. ކުޅުދުއްފުށިން ފުރަތަމަ ފުލުހަކު ޕޮޒިޓިވްވީ މި މަހުގެ ހަވަނަ ދުވަހުއެވެ. ސެޕްޓެންބަރު މަހުގެ 24 ވަނަަ ދުވަހު އެ ރަށާއި އުތުރުގެ ބައެއް ރަށްރަށަށް 18 ފުލުހަކު ވަނީ މާލެއިން ގޮސްފައެވެ. ޕޮޒިޓިވް ކޭސްތައް ފެންނަން ފެށީ އެ ހިސާބުންނެވެ. ހަތްވަނަ ދުވަހުވެސް ކުޅުދުއްފުށިން ފުުލުހަކު ޕޮޒިޓިވްވިއެވެ. އަދި ޖެހިގެން އައި ދުވަހު ދެ ފުލުހަކު ޕޮޒިޓިވްވިއެވެ.

އަދި 8ވަނަ ދުވަހު އެ ކްލަސްޓާއާ ގުޅުން ހުރި ފުލުހަކު ފޯކައިދޫން ޕޮޒިޓިވްވިއެވެ. އަދި 10 ވަނަ ދުވަހު ދިއްދޫއިންވެސް އެ ކްލަސްޓާއާ ގުޅުންހުރި މީހަކު ޕޮޒިޓިވްވިއެވެ. އަދި 15 ވަަނަ ދުވަހާއި ސޯޅަ ވަނަ ދުވަހު ފަސް މީހަކު ވަނީ ކުޅުދުއްފުށިން ޕޮޒިޓިވްވެފައެވެ. އަދި 18 ވަނަ ދުވަހުވެސް ބަޔަކު ޕޮޒިޓިވްވެފައިވެއެވެ. ނަމަވެސް އޭގެ ފަހުން އިތުރު ކޭސްއެއް ފެނިފައެއް ނުވެއެވެ.