ހަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ރިޒުނާ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް އައިޝަތު ރިޒުނާ ހަމަޖައްސައިފި އެވެ.

ޖޭއެސްސީގެ ދަށުން ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް ވަނީ އުފައްދާފަ އެވެ. އަދި އެ އިދާރާގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހެ އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމާ މަސްއޫލިއްޔަތު މިހާތަނަށް އަދާކުރައްވަމުން ގެންގޮސްފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރެވެ.

ނަމަވެސް މި މަގާމަށް ރިޒުނާ އައްޔަން ކުރުމުން ނަޒީރުގެ މަގާމު ގެއްލޭނެ އެވެ. ރިޒުނާއަކީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް މުސާރައިގެ ގޮތުގައި 30،500 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ ލިބެ އެވެ.