ވިޔަފާރި

ދުނިޔޭގެ ފުރަތަމަ ބޯޑަ މައިލްސް ޕްރޮގްރާމް ރާއްޖެއިން ތައާރަފު ކުރަނީ

Sep 27, 2020

ދުނިޔޭގެ އެކި ކަންކޮޅު ތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓްސް ލިބި ގިނަ އިނާމު ތަކެއް ލިބޭ، މައިލްސް ޕްރޮގްރާމެއް ރާއްޖެ އިން ތައާރަފު ކުރަން ތައްޔާރު ވެއްޖެ އެވެ.

"މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމް ތައާރަފު ކުރަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި އިމިގްރޭޝަންގެ އިތުރުން ޓޫރިޒަމް ސިނާއަތް ގުޅިގެން މިރެ އެވެ. ބޯޑަ މައިލްސް ޕްރޮގްރާމްއަކީ މިގޮތަށް ދުނިޔޭގައި ވެސް ތައާރަފު ކުރާ ފުރަތަމަ ޕްރޮގްރާމް އެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިޓްސް ލިބޭ ގޮތަށެވެ. މި ޕްރޮގްރާމުގައި ހާއްސަ އޮކޭޝަން ތަކަށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިޓްސް އިތުރުވެ އެވެ.

މި ޕްރޮގްރާމުގައި ތިން ޕެކޭޖެއް ތައާރަފު ކުރާނެ އެވެ. ބްރޯޒް ޕެކޭޖުގެ ނަމަކީ "އައިދަ" އެވެ. އަދި ސިލްވަ "އަންތަރަ" އަދި ގޯލްޑް "އަބާރަނަ" އެވެ. ހާއްސަ ބެނެފިޓްސް ތަކެއް މި ޕެކޭޖުތަކުގައި ހިމެނޭނެ އެވެ. މި ޕެކޭޖުތަކުގެ ތަފުސީލް މިރޭ ދޭނެ އެވެ.

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވިފަހުން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 16،000 ޓޫރިސްޓުންނެވެ.