ކީރިތި ގުރުއާން

"ގުރްއާނާ ގުޅޭ ކަންކަން ރާއްޖޭގައި ދަނީ ބަލިކަށިވަމުން"

Sep 28, 2020
3

ކީރިތި ގުރްއާންގެ އިލްމާ ގުޅުން ހުރި ކަންކަމާއި މަސައްކަތްތައް ރާއްޖޭގައި ވަރަށް ބޮޑަށް ބަލިކަށި ވެފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިހާރު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުކަން ވެސް ކުރައްވަވާ ޝަހީމް މިހެން ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ، ގުރުއާން މާއްދާގެ އިލްމު ކުރިއެރުވުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނާއެކު އިއްޔެ މަޝްވަރާ ކުރައްވާފައި ދަނޑިވަޅެއްގަ އެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގައި ކުރިއަށް ގެންދިޔަ ގުރުއާނާ ގުޅުން ހުރި އެކި އެކި ޕްރޮގްރާާމްތައް ހުއްޓިފައިވާއިރު ބައިނަލް އަގްވާމީ ގުރްއާން މުބާރާާތް މިދިޔަ އަހަރު ނުބާއްވާ ކަމެވެ، އަދި ޕީއެސްއެމްގެ "އަލިގަދަ ތަރި" ޤުރްއާން މުބާރާތް ވެސް ނުބާއްވާ ކަމަށެވެ.

އިއްޔެ ނައިބު ރައީސް ބައްދަލުވުމެއް ބޭއްވި އިރު މި އަހަރުގެ ގައުމީ ގުރުއާން މުބާރާތް ނުބާއްވާ ގޮތަށް ނިންމައި އެކަން އޮތީ އިއުލާނު ކޮށްފަ އެވެ. ނަމަވެސް އެ މުބާރާތް އޮންލައިންކޮށް ބާއްވަން އިއްޔެ ވަނީ މަޝްވަރާކޮށްފަ އެވެ.