ވިޔަފާރި

ހޯރަފުއްޓާއި ކުޅުދުއްފުށީ އެއާޕޯޓް ރެސްޓޯރެންޓް ހަދައި، ހިންގާނެ ބަޔަކު ހޯދަނީ

Sep 28, 2020

ހޯރަފުށްޓާއި ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރަންޓެއް ހަދައި ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ހޯރަފުށި އަދި ކުޅުދުއްފުށި އެއާޕޯޓްގައި މަދު ވެގެން އެއް ފަހަރާ 50 މީހުންނަށް ހިދުމަތް ދެވޭނެ ރެސްޓޯރަންޓެއް ހަދައި ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ އަށް ވަނަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއާޕޯޓްސް، ޗަނބޭލީވިލާ (ކުރީގެ ސްޓާ ސިނަމާ ބިލްޑިން) ދެވަނަ ވަނަ ފަންގިފިލާ އަށް ގޮސް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންނަ މަހުގެ 20 ވަނަ ދުވަހުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްސްއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅައި، ނަމަވެސް މި އަހަރު ރަސްމީކޮށް އުދުހުންތައް ފެށި އެއާޕޯޓް އެކެވެ. އަދި ހޯރަފުށީ އެއާޕޯޓްއަކީ ކުރިން އެރަށް ކައިރީ އޮންނަ ފަޅު ރަށެއްގެ ބައެއް ހިއްކައިގެން އަޅަން ނިންމި ތަނެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެމްޓީސީއާ ހަވާލުކޮށްގެން ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން މި އެއާޕޯޓުގެ މަސައްކަތް ފަށާފަ އެވެ. މި އެއާޕޯޓު އަންނަ މަހު ނިމޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.