ޑރ. މުހައްމަދު ޖަމީލް އަހުމަދު

ހިޔާނާތް ފެޝަނަކަށް ހަދައިފި: ޖަމީލް

މަދު ދުވަސްކޮޅެއްގެ ތެރޭގައި ދައުލަތުގެ ނިޒާމް ތަގައްޔަރުކޮށް ހިޔާނާތް ފެޝަނަކަށް ހަދާފައިވާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ޑރ. ޖަމީލް މިއަދުވެސް ވަނީ ޓްވިޓާގައި ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. ޖަމީލް ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދައުލަތުގެ ނިޒާމް ތަގައްޔަރުވެފައިވާ ކަމަށެވެ. މި ސަރުކާރުގެ ދޮޅު އަހަރުގައި ދިވެހި ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"ހިޔާނާތް ފެޝަނަކަށް ވެއްޖެ. ބޮޑެތި ތުހުމަތުކުރެވޭ ފަރާތްތައް ތިބީ އަމިއްލަ އަށް ގޮތް ނިންމަން ދޫކޮށްލާފައި. ސަރުކާރަށް ކޮރަޕްޝަން އޯކޭވެ، ދެކޮޅަށް އަޑުއުފުލާ މީހުން ގޯސްވެއްޖެ،" ރައީސް ސޯލިހާއި ނާއިބް ރައީސް ފައިސަލް އަދި މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދުގެ ފޮޓޯއަކާއެކު ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.