ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކުޅުދުއްފުށްޓާއި ނޮޅިވަރަމް މޮނިޓަރިން ނަގައިފި

ހދ. ކުޅުދުއްފުށްޓާއި ނޮޅިވަރަމް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއިން ނަގައިފި އެވެ.

އެ އެޖެންސީން މިރޭ ބުނީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އަދި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން އުތުރުގެ ދެ ރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

ކުޅުދުއްފުށްޓާއި ނޮޅިވަރަމް، މޮނިޓަރިންްއަށް ގެނައީ މާލެ އާއި ކުޅުދުއްފުށްޓާއި ދެމެދު ދަތުރުކުރާ "ފާޅު ބޯޓް" ގެ ކެޕްޓަން ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭނައާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ދެ ފަޅުވެރިއަކުވެސް ހޮނިހިރު ދުވަހު ވަނީ ޕޮޒިޓިވްވެފައެވެ. އެ ކްލަސްޓާއާ ގުޅުންހުރި އިތުރު މީހަކު އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ. އަދި ކުޅުދުއްފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިިޓިވްވެފައެވެ. އެހެން ކަމުން އެ ރަށުގައި ކޮވިޑް ބަލީގެ ފަސް މީހަކު އެބަތިއްބެވެ.

އެޗްޕީއޭއިން ރޭ އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަތޮޅުތެރޭގެ 19 ރަށެއްގެ 35 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. މިވަގުތު އެންމެ ގިނަ ބަލި މީހުން ތިބީ ގދ. ހޯނޑެއްދޫގައެވެ. އެ ރަށަކީ މާލެ ސިޓީ ފިޔަވައި އެންމެ ގިނަައިން ކޮވިޑްގެ ބަލި މީހުން ފެނުނު ރަށެވެ. އެ ރަށުގެ 45 މީހަކަށް ބަލި ޖެހުނު ނަމަވެސް މިވަގުތު ބަލިން ރަނގަޅުނުވެ ތިބީ ނުވަ މީހުންނެވެ. މީގެ އިތުރުން ގއ. މާމެންދޫގައި ތިން މީހުން، ގއ. ވިލިނގިލީގައި ދެ މީހުން އަދި އދ. ކުނބުރުދޫގައިވެސް ދެ މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.