ހަބަރު

މަތިންދާބޯޓަކީ އިގުތިސޯދީ ސަރަހައްދު ހިމާޔަތްކުރަން ލިބުނު ކުރިއެރުމެއް

Sep 29, 2020
4

ދިވެހި ސަރުކާރާއި ގުޅުން ވަރުގަދަ ކޮށްފައިވާ އިންޑިއާއިން ރާއްޖެއަށް މިއަދު ހަދިޔާކުރި ޑޯނިއާ މަރުކާގެ މަތިންދާބޯޓަކީ ރާއްޖޭގެ ކަނޑުގެ އިގުތިސޯދީ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށް ދިވެހި ސިފައިންނަށް ލިބުނު ވަރުގަދަ ކުރިއެރުމެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސިފަކުރައްވައިފި އެވެ.

ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ގޮތަށް ހަދިޔާކުރި މަތިންދާބޯޓާއެކު އެމްއެންޑީއެފްގެ އެއާ ވިންގް އުފެދިފައިވާއިރު، މާރިޔާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ އިގުތިސޯދީ ސަރަހައްދު ހިމާޔަތް ކުރުމުގެ އިތުރުން، މީހުން ހޯދައި، ސަލާމަތްކުރުމުގެ މަސައްކަތަށްވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

ހައި ކޮމިޝަނުން ބުނެފައިވަނީ މި އެއާ ކްރާފްޓް އޮޕަރޭޓް ކުރާނީ ދިވެހި ސިފައިން ކަމަށާއި އެކަމަށް ދިވެހި ޕައިލެޓުން ތަމްރީންކޮށްފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ ކޮންޓްރޯލްގެ ދަށުގައި އެއާކްރާފްޓް ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ އަސްކަރިއްޔާއިން ކަމަށެވެ. އަދި މި އެއާކްރާފްޓް ބޭނުން ކުރާނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބަލައްޓާއި ރެސްކިއު އޮޕަޜޭޝަންތަކަށެވެ. އެމްއެންޑީއެފްގެ އެއާ ވިންގުގެ ކުލަތައް ހިމަނާފައިވާ މި އެއާކްރާފްޓްގެ އެހީގައި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވޭނެ ކަމަށް ވެސް އެންބަސީން ބުނެ އެވެ.