ހަބަރު

އެމެރިކާގެ ކޯސްޓްގާޑުން ހިންގާ ކޯހަކަށް ކުރިމަތިލާން ހުޅުވާލާފައި

އެމެރިކާހގެ ކޯސްޓްގާޑް އެކެޑަމީން ހިންގާ ''ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ، ކްލާސް އޮފް 2025'' ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޯހަކީ އެމެރިކާގެ ކޯސްޓްގާޑް އެކެޑަމީއިން އެ ގައުމުގައި ހަތަރު އަހަރު ދުވަހަށް ހިންގާ ބެޗްލާސް ޑިގްރީ ކޯހެކެވެ. ހަ ދިވެއްސަކަށް ބައިވެރިވުމުނުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. ކޯސް ފަށާނީ އަންނަ އަހަރުގެ ޖޫންގަ އެވެ.

އެމްއެންޑިއެފުން ބުނީ މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުމަށްފަހު، މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް ކުރަން އެދޭ ކަމަށެވެ.