ދާންދޫ

ދާންދޫގައި މާރާމާރީއެއް: ތިން މީހަކަށް އަނިޔާ

Oct 2, 2020

ގއ. ދާންދޫގައި ދެ ބައެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ އެ މާރާމާރީގެ މައުލޫމާތު ލިބުނީ ރޭ 11ގެ ފަހުން ކަމަށެވެ. މާރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ. އަދި އެކަކަށް ގއ. ވިލިގިލީ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ރޭގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުއެވެ. އަދި މާރާމާރީ ހިންގަން މެދުވެރިވީ ސަބަބެއްވެސް އެނގިފައެއް ނުވެއެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.